މި ރޯދަމަހު އެމްއޭސީއެލް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރުވާ ނަމަ

މި ރޯދަ މަހު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ހަތަރު ގަޑިއިރަށް ކުރުކޮށް، 48 ގަޑިއިރަށް ވުރެ އިތުރުވުމުން ނޫނީ އިތުރުގަޑީގެ ފައިސާ ނުލިބޭގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
ތަފްސީލް - ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) ހިންގާ އެމްއޭސީއެލްއިން މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާގައިވާގޮތުން، މި ރޯދަމަހު އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު، އެ ކުންފުނީގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ވަގުތަކީ ހަތަރު ގަޑިއިރާއި 30 މިނެޓެވެ. އެގޮތުން:
ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9 އިން މެންދުރު 1:30 އަށް
ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 9 އިން 9:30 ދެމެދުގެ ވަގުތެއް ވަނީ ކަނޑައަޅާފަ
އެ ސާކިއުލާގައިވާގޮތުން ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ކުރަން ހަމަޖެހިފައިވާ ގަޑި ކަނޑައަޅާނީ އެ މުވައްްޒަފެއް މަސައްކަތްކުރާ ޑިޕާޓުމަންޓް ނުވަތަ ސެކްޝަނަކުންނެވެ.
ރޯދަ މަހުގެ މަސައްކަތު އުސޫލަށް މިފަހަރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، އިތުރުގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރާނެ ގޮތެވެ. އެގޮތުން ރަސްމީ މަސައްކަތު ގަޑީގެ ބޭރުން ކުރާ އެއްވެސް މަސައްކަތަކަށް 48 ގަޑިއިރު ނުވާ ނަމަ ފައިސާއެއް ނުލިބޭނެ އެވެ. 
"ރޯދަމަހު އިތުރުގަޑީގެ ފައިސާ ލިބޭނީ އެހެން މަސްމަހެކޭ ވެސް އެއްފަދައިން ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތަށެވެ." ސާކިއުލާގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ