ބޭންކް އޮފް މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބެހުމަށް ނިންމައިފިއެވެ.
ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފައިވަނީ ހިއްސާއަކަށް 60 ރުފިޔާ ބެހުމަށެވެ. ހިއްސާގެ ފައިދާގެ ގޮތުގައި އެ އަދަދު ބެހުމަށް ނިންމާފައިވަނީ ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅިގޮތަށް ހިއްސާދާރުންގެ ވޯޓުންނެވެ. ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ނިންމުމާ ގުޅިގެން ހިއްސާގެ ފައިދާގެ ގޮތުގައި 322.9 މިލިއަން ރުފިޔާ ބަހާނެއެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ވަނީ، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި 2 ހިއްސާ ދޫކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. ބީއެމްއެލުން ހިއްސާގެ ފައިދާގެ ގޮތުގައި 60 ރުފިޔާ ބެހުމަށް ނިންމިއިރު، މިއީ އެ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ހިއްސާދާރުންނަށް ރެކޯޑް އަދަދެއް ބެހުމަށް ނިންމި ނިންމުމުން އެނގިގެންދަނީ، މިއީ
ބޭންކުގެ މާލީ ނަތީޖާ ވަރުގަދަކަމާއި، ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ބޭންކުން
ދޭ އަހުމިއްޔަތުކަން ކަމަށެވެ.
މި އަހަރު ބޭންކުން ހޯދި ވަރުގަދަ މާލީ ނަތީޖާއާއެކު، ހިއްސާދާރުންނަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ދިނުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔަ. މިއީ އަޅުގަނޑުމެންގެ ވިޔަފާރީގެ ވަރުގަދަކަމާއި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށް ފަރުދުންނާއި ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ދިގުމުއްދަތުގެ ފައިދާ ހޯދައިދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝަރ
ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ބީއެމްއެލްގެ މި ނަތީޖާއަކީ ހަރުދަނާ
އުސޫލުތަކެއްގެ ދަށުން މަސައްކަތްކުރުމާއި ވަރުގަދަ ވިޔަފާރި މޮޑެލްއެއްގެ އިތުރުން،
ކަސްޓަމަރުންނާއި ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ދޭ ސަމާލުކަމުގެ ނަތީޖާކަމަށް ބީއެމްއެލުން ބުންޏެވެ. އަދި މި ކާމިޔާބީއާއެކު، ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޑިޖިޓަލް ޚިދުމަތްތައް ވަރުގަދަކުރުމަށާއި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކަށް
އެއްބާރުލުން ދިނުމަށް އިސްކަންދެމުން ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބެހުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ