އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕު ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި
މާލޭގައި މިއަދު އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި އެވެ.ފުލުހުން ބުނީ އެމްބިއުލާންސަށް ޖާގަ ނުދީ މަގު ބްލޮކްކުރި ޕިކަޕް ޑްރައިވަރު ފުލުހަށް ހާޒިރުކޮށް 750ރ. އިން ޖޫރިމަނާ ވެސް ކުރި ކަމަށެވެ.ސޯޝަލް މިޑީއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކުޑަ ޕިކަޕަކުން މަގުމައްޗަށް މުދާ ބޭލީ، ސައިރަން އަޅުވާފައިވާ އެމްބިއުލާންސް ފަހަތުގައިއޮއްވަ އެވެ.އެ ޕިކަޕް މަޑުކޮށްފައި އޮތުމުން އެމްބިއުލާންސާއި އެހެން ވެހިކަލްތަކަށް ވެސް ކުރިއަށް ނުދެވި ޓްރެފިކް ތޮއްޖެހިފައި އޮތެވެ. އެ ޕިކަޕް އެ ތަނުން ދިޔައީ މުދާ ބާލައި ނިމުމުންނެވެ.މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ބަލަން ފަށާއިވާ ކަމަށާއި ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ