ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގައި ކުށް ސާބިތުވެ، މި މަހުގެ 5ގައި ހުކުމް އިއްވީ:
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ސޮހަބް މިއަގެ މައްޗަށް
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ
ތަފްސީލް - މި ހާދިސާ ހިނގާފައިވަނީ 28 ޖޫން 2024 ވަނަ ދުވަހުއެވެ. އެގޮތުން:
އެމްޑީ ސޮހަބް މިއަ ރާއްޖެ އައީ ޔޫއެސް ބަންގްލާ އެއާލައިންސްގެ BS337 ފްލައިޓުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން، ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އޭނާގެ ތަކެތި ފާސްކުރިއިރު، އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ވަނީ ފެނިފައި
ފުލުހުން އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 535.67 ގްރާމްގެ މެތައެމްފަޓަމިންކަން ވަނީ ކަށަވަރުވެފައި
ކޯޓުގެ ހުކުމުގައިވާ ގޮތުން، މައްސަލައިގެ ކުރީގެ މަރުހަލާތަކުގައި އޭނާ ބަންދުގައި ހުރި މުއްދަތު ކެނޑުމަށް ފަހު، އޭނާ ތަންފީޒު ކުރަންޖެހޭ:
ޖަލު އަދަބަކީ 23 އަހަރާއި 3 މަހާއި 25 ދުވަސް
މީގެ އިތުރުން 100,000ރ. އިން އޭނާ ވަނީ ޖޫރިމަނާކޮށްފައި
މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ