ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ޖޫން 28، 2024، ގައި ހައްޔަރުކުރި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުންޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ ސާބިތުވީ އެމްޑީ ސޮހަބް މިއަގެ މައްޗަށެވެ.
ޔޫއެސް ބަންގްލާ އެއާލައިންސްގެ ފްލައިޓުން ރާއްޖެ އައި އެމްޑީ ސޮހަބް ހިފެހެއްޓީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހިފެހެއްޓީ ފޮށިތަންމަތި ފޮށިތަންމަތި އެކްސްރޭ ކުރުމުގެ ތެރޭގައި ތުހުމަތުވެގެން، އިތުރަށް ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހުން މަސްތުވާތަކެތި ފެނިގެންނެވެ.
އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރިއިރު، އެއީ 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ވަނީ ކަށަވަރުވެފަ އެވެ.
މައްސަލައާ ގުޅިގެން 25 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވިޔަސް، މައްސަލައާ ގުޅިގެން ބަންދުގައި ހުރި މުއްދަތަށް ކެނޑުމަށްފަހު އޭނާ ތަންފީޒުކުރަންޖެހެނީ 23 އަހަރާއި ތިން މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ. އެއް ލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއް ކަމަށް ފުލުހުން ބުންޏެވެ.
ލެޕްޓޮޕް ދަބަހެއްގައި ބައި ކިލޯ މެތައެމްފެޓަމިން އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް ލެޕްޓޮޕް ދަބަހެއްގައި ބައި ކިލޯ މެތައެމްފެޓަމިން އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ