މޯލްޑިވްސް ގޭހުން ގޭސް ވިއްކުން ލިމިޓުކޮށް، އާ ކަސްޓަމަރުން ނެގުން ހުއްޓާލައިފި މޯލްޑިވްސް ގޭހުން ގޭސް ވިއްކުން ލިމިޓުކޮށް، އާ ކަސްޓަމަރުން ނެގުން ހުއްޓާލައިފި

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ތެލާއި ގޭހުގެ ދަތިކަން ދިމާވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ ގޭސް ކުންފުނި މޯލްޑިވްސް ގޭސް އިން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މިއަދުން ފެށިގެން މަދުކޮށްފި އެވެ.
މޯލްޑިވްސް ގޭސްއަށް އަދަދު އިން ގުޅުމުން ބުނީ ކައްކާ ގޭހުގެ 10 ކިލޯގެ ގޭސް ފުޅިއަށް ފަސް ކިލޯގެ ގޭސް އަޅައިގެން މިއަދުން ފެށިގެން ވިއްކަން ފަށާފައިވާ ކަމަށެވެ.
"10 ކިލޯ ފުޅީގައި ފަސް ކިލޯ އަޅާފައި އިންނާނީ 100ރ. އަށް،" އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން މިވަގުތު މޯލްޑިވްސް ގޭސް އިން އައު ކަސްޓަމަރުން ނެގުން ވެސް ވަނީ ހުއްޓާލާފަ އެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ގޭސް އިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުވެސް މޯލްޑިވްސް ގޭސް އިން ވިއްކާ ގޭސް ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު ދަށްކުރި އެވެ. ޖެނުއަރީ މަހު މޯލްޑިވްސް ގޭސް އިން ވިއްކާ ގޭހުގެ ޝިޕްމަންޓް އެއްކޮށް ހުސްވިކަން ވެސް ފާހަގަކުރެވެ އެވެ.
އެގޮތުން އެސްޓީއޯއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެން، މޯލްޑިވް ގޭސްއަށް އޭރު ގޭސް ފޯރުކޮށްދިނީ ވިލާ ގޭހުންކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ