އުސޫލުން ބޭރުން ޕާކިން ސްލޮޓު ކުއްޔަކަށް ނުދެން، ދޮގުހަދަންޏާ ފިޔަވަޅު އަޅާނަން: އެޗްޑީސީ

ހުޅުމާލެއިން ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކަނޑައަޅާފައިވާ ޕޮކެޓް ޕާކިންތައް ވަކި ބަޔަކަށް ނާޖާއިޒް މަންފާވާހެން ދޫކުރާކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ. އުސޫލުން ބޭރުން ބޮޑު އަގުގައި އެޗްޑީސީން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އެތައް ސަތޭކަ ޕާކިން ސްލޮޓް ކުއްޔަށް ދެމުން އަންނަކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ތުހުމަތުތަކެއް ކުރަމުންނެވެ. މި ކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕާކިސް ސްލޮޓް ކުއްޔަށް ދޫކުރުމަށް މީގެ ކުރިން އާންމުކޮށް އިއުލާނުކޮށްފައިވާ ކަމަށެވެ. އެ ފުރުސަތުގައި ގިނަ ބަޔަކު ކުރިމަތިލިއިރު އެ ފަރާތްތައް އިވެލުއޭޓްކޮށް ޝަރުތުހަމަވި އެންމެންގެ ލިސްޓު ހާމަކުރިކަމަށް ވެސް ބުންޏެވެ. https://sun.mv/214817 އަދި އެ ފަދަ ހާމަކަން ބޮޑު ގޮތެއްގައި އެ މަސައްކަތް ކުރަމުން ދަނިކޮށް ހަގީގަތް އޮޅުވައިލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވެސް ބުންޏެވެ. އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނާ ބެހޭ ގޮތުން ދޮގު ފަތުރާނަމަ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާނެކަމަށް ބުނެ އިންޒާރު ވެސް ދީފައެވެ. އެޗްޑީސީން އެ ޕާކިން ޒޯންތައް ދޫކުރަން އިއުލާން ކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27ގައެވެ. އެ ޕާކިން ޖާގަތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވާއިރު، އެ ޖާގަތައް ކުއްޔަށް ދޭން ނިންމައިފައިވަނީ އެއް އަހަރަށެވެ. އެއީ، މަހު ކުލީގެ ގޮތުގައި 2،000 ރުފިޔާ ނަގާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ