ހއ. އުތީމުގައި އުމުރުން އެންމެ 9 ދުވަސްވީ ތުއްތު ކުއްޖަކު ނިޔާވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އުތީމު ސިއްހީ މަރުކަޒުންނެވެ.
ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. ނަމަވެސް، ކުއްޖާ ނިޔާވާން މެދުވެރިވި ސަބަބެއް ނުވަތަ އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އުތީމުގައި 9 ދުވަހުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ