ލ. ފޮނަދޫގެ އޭލެވެލް ދަރިވަރުންނަށް އައި.ޔޫ.އެމް އިން ޚާއްސަ ސެޝަނެއް ބާއްވައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ލ.ފޮނަދޫ ކެމްޕަހުގައި، އެ ރަށުގެ އޭލެވެލް ދަރިވަރުންނަށް ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަންގައި، އައި.ޔޫ.އެމްގެ ފެބްރުއަރީ 2026 އިންޓޭކްއާއި ގުޅޭ މަޢޫލޫމާތު ފޯރުކޮށްދިނުމާއެކު ދަރިވަރުންނަށް ކެރިޔާ ގައިޑަންސް ސެޝަންތަކެއް ވަނީ ނަގައިދެވެވިފައެވެ. މީގެ އިތުރުން، އައި.ޔޫ.އެމްގެ ލެވެލް 3 ގެ ދަރިވަރުންނާއި އެކު ބޭސިކް އަރަބިކް ދަސްކޮށްދިނުމާއި ޤުރްޢާނިކް ސައިންސެސްއާއި ގުޅޭ މަޢޫލޫމާތު ވެސް ވަނީ ދަރިވަރުންނާއިއެކު ހިއްސާކުރެވިފައެވެ.
މިފަދަ ސެޝަންތަކުގެ މައިގަނޑު މަޤްސަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ރޮނގު ޚިޔާރުކުރުމުގައި ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފޯރުކޮށްދިނުމުގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނު ޙާޞިލުކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ