ވިލާ ކޮލެޖުން އޭލެވެލްގެ ނަތީޖާ ލިބުނު ދަރިވަރުންނަށް ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން ދޫކޮށް، އެޕްލިކޭޝަން މަރުޙަލާ ފުރިހަމަކުރުމަށް އެހީތެރިވެދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި އެވެ.
ވިލާ ކޮލެޖުން ބުނީ މި ހާއްސަ ހިދުމަތް މި މަހުގެ 24، ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުން ލިބޭނެ ކަމަށެވެ.
"މިއީ މަތީ ތައުލީމުގެ ހަޔާތް ފެށުމަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް، އެކުދިން ކުރިމަތިލާން ބޭނުންވާ ދާއިރާތަކުން ޖާގަ ކަށަވަރުކޮށްދީ، އެޕްލިކޭޝަން ހުށަހެޅުމުގެ މަރުޙަލާ ވީހާވެސް ލުއިފަސޭހަކަމާއެކު ނިންމާލުމަށް ފަހިކޮށްދީފައިވާ ފުރުސަތެއް،" ވިލާ ކޮލެޖުން ބުންޏެވެ.
ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ދަރިވަރުން، ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލާއި އައިޑީ ކާޑު ހިފައިގެން ވިލާ ކޮލެޖަށް ދިޔުމުން ހާއްސަ އެހީތެރިކަމެއް ދޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުގެ މި އަހަރުގެ ޖެނުއަރީ އިންޓޭކުގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓަރސްއާ ހަމައަށް 100 އަށްވުރެ ގިނަ ކޯހަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ އިތުރުން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (UWE) ގެ ޑިގްރީ ކޯސްތައް ހިމެނެ އެވެ.
ހިދުމަތް ހޯދުމަށް ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ދެމެދު ވިލާ ކޮލެޖަށް ޒިޔާރަތް ކުރެވެ އެވެ.
ވިލާ ކޮލެޖުން ޖެނުއަރީ އިންޓޭކަށް ހުޅުވާލި ޕްރޮގްރާމުތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ސައިބާ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއާ އިންޖިނިއަރިން، ޓީޗިން، ބިޒްނަސް މެނޭޖްމަންޓް، މާކެޓިން، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް ހިމެނެ އެވެ.
މީގެއިތުރުން އިކޮނޮމިކްސް، އިންޖިނިއަރިން، ނާސިން، ޕަބްލިކް ހެލްތް، ފްލެބޮޓޮމީ، ހެލްތް ސާވިސަސް މެނޭޖްމަންޓް، ލޯ، ޝަރީޢާ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، އޭވިއޭޝަން މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިން، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ރިސާޗް ސްޓަޑީސް، އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން، އަދި ކަލިނަރީ އާޓްސް ފަދަ ދާއިރާތައް ހިމެނެ އެވެ.
އޭލެވެލް ނަތީޖާ ދަށްވި ނަމަވެސް، ކޮލެޖުގެ ފައުންޑޭޝަން ޕްރޮގްރާމްތައް މެދުވެރިކޮށް ޑިގްރީއާ ހަމައަށް ވާސިލުވުމުގެ މަގު ދަރިވަރުންނަށް ވަނީ ފަހިކޮށްދީފަ އެވެ.
ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 3303200 އަށް ގުޅުމަށް ނުވަތަ ކޮލެޖުގެ ވެބްސައިޓަށް ޒިޔާރަތް ކުރުމަށް ވިލާ ކޮލެޖުން އެދެ އެވެ.
ވިލާ ކޮލެޖުން އޭ-ލެވެލް ނިންމި ދަރިވަރުންނަށް "ވަން ސްޓޮޕް އެޑްމިޝަން" ފަށައިފި ވިލާ ކޮލެޖުން އޭ-ލެވެލް ނިންމި ދަރިވަރުންނަށް "ވަން ސްޓޮޕް އެޑްމިޝަން" ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ