އިޓަލީގެ ސެން މާކޯ ކުލައިން ފްލެޓަށް ލަގްޒަރީ ބަދަލެއް އިޓަލީގެ ސެން މާކޯ ކުލައިން ފްލެޓަށް ލަގްޒަރީ ބަދަލެއް

ދިރިއުޅޭ މާހައުލުގައިވާ ކުލަތަކަކީ، އެމީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަކަށް ވާތީވެ، ގޭގައި ކުލަ ލުމުގައި ވިސްނުންތެރިކަމާއެކު ކުލައެއް އިހުތިޔާރު ކުރުމަކީ މުހިއްމު ކަމެކެވެ.
ފެންވަރު ރަނގަޅު ކުލަތަކުގައި ވޮލަޓައިލް އޯގަނިކް ކޮމްޕައުންޑްސްގެ މިންވަރު ދަށް ވުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތަކުން ރައްކާތެރިކޮށްދެ އެވެ. މިފަދަ ކުލަތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުނދަގޫވާ ފަދަ ވަސްގަނޑެއް ނުހުރެ އެވެ. އަދި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އުޅޭ މާހައުލުތަކަށް އެއީ ރައްކާތެރި ކުލަ އެވެ.
ފާރުގައި އަތްލެވި ނުވަތަ ކުޑަކުދިން ކުރަހައިގެން ފާރު ހަޑިވުމަކީ ވެސް އާންމު ކަމެކެވެ. ފެންވަރު ރަނގަޅު ކުލަ ބޭނުން ކުރުމުން، ފަސޭހަކަމާއެކު ފެން ފޮތިކޮޅަކުން ފާރު ސާފުކޮށްލެވެ އެވެ.
އަގުހެޔޮ ކުލަ ބޭނުންކުރުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުލަ ފޮޅިގެންދެ އެވެ. އަދި ހަޑިވެ އެވެ. ފެންވަރު ރަނގަޅު ކުލައެއް ބޭނުންކުރުމަކީ ދިގު މުއްދަތަށް ބަލާއިރު އިގްތިސާދީ ގޮތުން ފައިދާހުރި ކަމެކެވެ.
މުނިހޯމް ކެއާއިން ވިއްކާ "ސެން މާކޯ" އަކީ އިޓަލީގެ ކުލަ އާއި ދަވާދު އުފައްދާ އަދި ސަޕްލައިކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނީގެ 80 އަހަރަށްވުރެ ދިގު ކާމިޔާބު ތާރީހާ އެކު 2026 ވަނަ އަހަރަށް ހާއްސަ ކުލަ ޓްރެންޑުތައް ވަނީ ތައާރަފުކޮށްފަ އެވެ.
ސެން މާކޯގެ އުފެއްދުންތަކުގެ ތެރޭގައި:
ސެން މާކޯގެ ޑެކަރޭޓިވް ފިނިޝިން ބޭނުންކުރުމުން، އާދައިގެ ފާރެއް މާބްލް ނުވަތަ ހާއްސަ ޓެކްސްޗާ އެއް ހުންނަ ފެންވަރު ބަދަލުކޮށްލެވެ އެވެ. މިއީ ކުޑަ ޖާގައެއްގެ ތެރޭގައި ވެސް މުއްސަނދި ދިރިއުޅުމެއްގެ އިހުސާސް ކޮށްދޭނެ ކަމެކެވެ.
މުނި ހޯމްކެއާގެ ކްރިއޭޓިވް މާކެޓިން ހެޑް އަލީ ޝާތިރު ބުނީ "މި ކުލައިން ބޭނުން ގޮތަކަށް ގޭތެރެ އާއި ކޮޓަރި ޑެކަރޭޓިވް ފިނިޝިންއެއް ގެނެވޭނެ،" އޭނާ ބުންޏެވެ.
މުނި ހޯމްކެއާގެ އަމާޒަކީ ކުލަ ހިޔާރުކުރުމުން ފެށިގެން ކަސްޓަމަރުންނަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ މާހައުލަށް އާ ދިރުމެއް ގެނެސްދިނުމެވެ. ސެން މާކޯގެ އިތުރުން ގްރީސްގެ މަޝްހޫރު "ވައިޓެކްސް" ބްރޭންޑްގެ ކުލަ ވެސް މުނި ހޯމް ކެއާއިން ލިބެން އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ