އަދުރޭ އިތުރަށް ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރިމަތިލެއްވިއިރު ހުންނެވީ ޖަލުގައި ކަމަށެވެ. ސުޕްރީމް ކޯޓުން ކެނޑިޑެންސީ ބަލައިގެފައިވާކަން އަދުރޭ ފާހަގަކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެންސީ ބަލައި ނުގަންނަ ހާލަތެއްގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިއަދު ވަނީ އީސީއާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީން އިންތިހާބަށް ކުރިމަތިލުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އެބޭފުޅުންނަށް ދެންނެވި ކަމަށެވެ. ހުށަހެޅުމުން ގާނޫނާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ކޮމިޝަނުން ޔަގީންކަން ދީފައިވާ ކަމަށެވެ.ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކެނޑިޑެންސީ ބަލައިގަތުމާމެދު ގޮތެއް ނިންމާނީ ފޯމް ހުށަހެޅުމުން ކަމަށް އީސީން މީޑިއާތަކަށް މައުލޫމާތު ދީފައިވެ އެވެ. ފޯމު ބަލައިނުގަނެއްޖެނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށާއި، ސުޕްރީމް ކޯޓުން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެ އެކަމަށް މިސާލުތަކެއް އަދުރޭ ދެއްކެވި އެވެ.އެއް މިސާލަކަށް އަދުރޭ ވިދާޅުވެފައި ވަނީ ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދާއި ގުޅޭ ގޮތުން ކޯޓުން ނިންމި މައްސަލަ އެކެވެ. އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް އުފުލައި ބަންދުގައި ހުއްޓާ ވަނީ އިންތިހާބުވެފައެވެ. އަދި ފަހުން ބަންދުން ދޫކޮށްލާފައި ވަނިކޮށް މަގާމުގެ ހުވާ ވެސް ކުރި އެވެ. އެކަމަކު އީސީން އޭނާގެ ކެނޑިޑެންސީ ބާތިލު ނުކުރީ ޖިނާއީ ހުކުމެއް ނެތުމުންނެވެ.ނަމަވެސް މި މައްސަލައާ ޔާމީންގެ މައްސަލަ ތަފާތެވެ.ދެން އަދުރޭ ފާހަަގަ ކުރެއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރިމަތިލެއްވިއިރު ޖަލުގައި ހުންނެވި މައްސަލަ އެވެ. އެ ފަހަރުވެސް ސުޕްރީމް ކޯޓުން އަންގައިގެން އޭނާހެ ކެނޑިޑެންސީ ބަލައިގެފައިވާކަން އަދުރޭ ފާހަގަކުރެއްވި އެވެ."އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެނޑިޑެންސީ ބަލައިނުގަންނަން ނިންމައިފި ހާލަތެއްގަ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދާނީ. އަޅުގަނޑުމެން ދާންޖެހޭ ތަނަކަށް ދާނަމޭ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ ސުޕްރީމް ކޯޓުން ބައްލަވާނެއޭ އޭގެ ކުރިން އެބޭފުޅުން ނިންމަވާފަ ހުރި ކަންތައްތަކަށް. ގާނޫނުގަ ނިހާއީ ހުކުމެއް ނެތުމެއް ނޫން، އެހެން އޮއްވަތާ މިދެންނެވި ކަންތައްތައް ނިމިފަ މިހުރީ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ މިއަދުވެސް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތި ނުލެއްވޭ ހާލަތަކަށް އެ ކޯލިޝަނުން ވިސްނާފައި ނުވާ ކަމަށެވެ. އެ ޕާޓީ ބައިބައިކޮށްލަން ސަރުކާރުންނާއި އެހެން ފަރާތްތަކުން ކޮންމެ ވާހަކައެއް ދެއްކިޔަސް ޔާމީން ނޫން އެހެން ކެނޑިޑޭޓަކު ނުނިކުންނާނެ ކަމަށެވެ."ސަރުކާރުން ޕްރޮޕެގެންޑާއެއް އެބަ ގެންގުޅޭ ޕީޕީއެމް ޕީއެންސީ ބައިބައިކޮށްލުމުގެ، އަޅުގަނޑުމެންގެ ތެރޭގައި ހިޔާލުތަފާތުވުން އުފައްދާ ފިތުނަ ފަސާދަ އުފައްދަން. އެއީ އެބޭފުޅުންނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އެބޭފުޅުންނަށް ގަބޫލުކުރެއްވެނީ ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތި ނުވަތަ ޕީޕީއެމް ބައިބައިކޮށްލައިގެން،" އަދުރޭ ވިދާޅުވި އެވެ.އީސީން ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލުނުކުރާހާ ހިނދަކު ކެނޑިޑެންސީ ބަލައެއް ނުގަނެވޭނެ އެވެ. ގާނޫނުގައި ވެސް އޮންނަނީ އެގޮތަށެވެ. އެކަމަކު ޕީޕީއެމް އިން ބުނަނީ ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނުކުރާހާ ހިނދަކު އިންތިހާބަށް ކުރިމަތިލާނެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސުޕްރީމް ކޯޓުން ޔާމީނަށް ކެނޑިޑެންސީ ލިބޭނެކަން ޔަގީން: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ