ސަރުކާރުގެ ކުޅިވަރު ސިޔާސަތައް މެމްބަރު އާޒިމްގެ ފާޑުކިޔުން!

އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ސަރުކާރުން ގެނެސްދީފި ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެފައިވާތީ އެކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ފާޑު ވިދާޅުވެއްޖެއެވެ.
މަހުލޫފް މިފަދައިން ވިދާޅުވެފައިވަނީ ނިމިދިޔަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023ގައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.
މި ހަފްލާގައި މަހުލޫފްވަނީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ މައްޗަށާއި ކުޅިވަރުން ގެނެސްދެވުނު ކާމީޔާބީތަކުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ.
މިކަމަށް ފާޑު ވިދާޅުވެ އާޒިމް ވިދާޅުވީ އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ރާއްޖޭގައި އެންމެގިނަ މީހުން ކުޅޭ، އެންމެގިނަ ބަޔަކު ތަރުހީބުދޭ، ރާއްޖޭގައި ކުރިއަށްދެވިދާނޭ ކުޅިވަރުތައް ދެނެގަނެ އެމަގުން ކުރިއަށްދާން އެނގުން ކަމަށެވެ.
އެހެންނަމަވެސް ކުޅިވަރުގައި ސަރުކާރުގެ ޕްލޭނެއް، ވިސްނުމެއް އަދި ސިޔާސަތެއްވެސް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ފާޑުކިޔުންތައް ސަރުކާރުގެ ކުޅިވަރު ސިޔާސަތައް އަމާޒުވިއިރު ރާއްޖޭގައި ރަސްމީ ފެންވަރުގައި ފުޓްބޯޅަ ނުކުޅޭތާ ގިނަ ދުވަސްތަކެއް ވުމާއިއެކުވެސް ގިނަ ފަރާތްތަކަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަދި ފުޓްބޯޅަ ސީޒަނުގެ ކުރިން ދިވެހި ރާއްޖެއާއި ޕާކިސްތާނާއި ކުޅޭ އެކުވެރިކަމުގެ މެޗުގައި ގައުމީ ޓީމު ޕްރެކްޓިސް ނުކޮށް މެޗުގައި ބައިވެރިވުމަކީވެސް ފާޑިކިޔުން އަމާޒުވެފައިވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ