ކޮމަންޑޫ ދާއިރާގެ 3 ކެންޑިޑޭޓުން ވެސް ވޯޓުލައްވައިފި

ކޮމަންޑޫ - ވާދަވެރި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ތިން ކެންޑޭޓުން ވެސް ވޯޓުލައްވައިފި އެވެ.
ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ:
މި ދާއިރާގެ މައި ރަށް، ށ. ކޮމަންޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕިއެމްގެ މޫސާ ފަތުހީ އާދަމް އާއި އެމްއެންޕީގެ ހަންނާން އިދުރީސް 
ފޯކައިދޫއަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ރާޝިދު
ތަފްސީލު - ވެރިކަންކުރާ އެމްޑީޕީގެ ރާޝިދު ވޯޓުލެއްވީ މިއަދު ހެދުނު 11 ޖަހާ އެހާކަންހާއިރު، އޭނާގެ އުފަން ރަށް ފޯކައިދޫގައި ބަހައްޓާފައިވާ އެ ރަށުގެ ދެ ނަންބަރު ވޯޓު ފޮއްޓަށެވެ.
ޕީޕީއެމްގެ މޫސާ ފަތުހީ ވޯޓުލެއްވީ، ކޮމަންޑޫ ޕްރީސްކޫލްގައި ބަހައްޓާފައި ހުރި ދެ ނަންބަރު ވޯޓު ފޮއްޓަށެވެ. ވޯޓުލާ މަރުކަޒަށް ފަތުހީ ވަޑައިގެންނެވިއިރު، މި ރަށުގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވެސް އޭނާ އެކު ވަޑައިގެންނެވި އެވެ.
އެމްއެންޕީގެ ހަންނާން ވޯޓުލެއްވީ، މާލޭގެ އިސްކަންދަރު ސްކޫލްގައި ކޮަމަންޑޫ މީހުންނަށް ހާއްސަކޮށްފައިވާ ވޯޓު ފޮއްޓަށެވެ.
ފަސްމަންޒަރު - މި އިންތިހާބަކީ، މި ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު 14 ޑިސެމްބަރު 2021ގައި އަވަހާރަވުމާ ގުޅިގެން ބާއްވާ އިންތިހާބެކެވެ. އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އަލަށް އުފެއްދި އެމްއެންޕީން ވެސް އިންތިހާބަށް ފޯރިގަދަ ކެމްޕެއިނެއް ތިން ރަށާއި މާލޭގައި ވަނީ ކޮށްފަ އެވެ.
އިތުރަށް ކިޔާލަން -
ލައިވް ބްލޮގް: ހޫނު ޒުވާބުތަކަކާ އެކު ވޯޓުލުން ކުރިއަށް
އިންތިހާބުގެ ކަވަރޭޖު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ