ސާފްގެ ނައިބު ރައީސަކަށް އަލީ އުމަރު

ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް)ގެ ނައިބު ރައީސްއަކަށް އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އިންތިހާބު ކޮށްފިއެވެ.
ސާފްގެ އެގްޒެކެޓިވް ކޮމިޓީގައި މީގެ ކުރިން ރާއްޖެ ތަމްސީލު ކޮށްފައިވާ އަލީ އުމަރު މި މަގާމަށް އިންތިހާބުވީ އިއްޔެ ބަންގްލަދޭޝްގެ ޑާކާގެ އިންޓަކޮންޓިނެންޝިއަލް ހޮޓަލުގައި ބޭއްވި ސާފްގެ ކޮންގްރެސް ބައްދަލުވުމުގައެވެ.
އޭނާ މި މަމާގަށް އިންތިހާބު ކޮށްފައި ވަނީ 2027-2023 އަށެވެ.
Advertisement
އަލީ އުމަރުގެ އިތުރުން މި މަގާމަށް އިންތިހާބު ވެފައި ވަނީ ނޭޕާލުގެ ސުންދަރު ނަރްސިންގް ޖޯޝީއެވެ.
އަލީ އުމަރު ފުޓްބޯޅަ ކުޅެން ފަށާފައި ވަނީ ޔޫތު ސްޕޯޓްސް ކްލަބުން 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ  ވެލެންސިއާ، އައިލެންޑް އެފްސީ، ނިއު ރޭޑިއަންޓްގެ އިތުރުން ވީބީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.
އަލީ އުމަރު ވަނީ 1999 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ. އަދި 2008 ވަނަ އަހަރު ދިވެހިރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި ޓީމުގައިވެސް އަލީ އުމަރު ހިމެނެއެވެ.
އޭނާއަކީ 2006 ވަނަ އަހަރު އެފްއޭއެމްއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ