މޫސުން: ރާއްޖޭގެ ހަތް އަތޮޅަކަށް ރީނދޫ ސަމާލު

ގުގުރުމާ އެކީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހަތް އަތޮޅަކަށް މިއަދު ރީނދޫ ސަމާލު ނެރެފި އެވެ.މި ސަމާލު ނެރެފައި ވަނީ ލ .އަތޮޅުން އައްޑުއާ ހަމައަށެވެ. މި ސަމާލުގެ ވަގުތަކީ، ފަތިހު 5:30 އިން ފެށިގެން ހެނދުނު 10:30 އާ ހަމައަށެވެ.މެެޓް އޮފީހުން ބުނެފައިވާގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަަކަށް ހުޅަނގު އުތުރުން، ގަޑިއަކު ފަސް މޭމާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވެދާނެ ކަމަށްވެސް ބުނެފައި ވެއެވެ.މެޓް އޮފީހުން ވަނީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިވެ ވަަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ