'ޓަސްލާފަ' ހުޅުމާލޭގައި މިއުޒިކް ޝޯއެއް

ހުޅުމާލޭ ބީޗް ކްލަބުގައި 'ޓަސްލާފަ'ގެ ނަމުގައި ރޮކް މިއުޒިކަށް ހާއްސަކޮށްގެން މިރޭ މިިއުޒިކް ޝޯއެއް އޮންނާނެ އެވެ.
'ޓަސްލާފަ' އިން އިންތިޒާމް ކުރާ ޝޯގައި ރާއްޖޭގެ ރޮކް މިއުޒިކް ލެޖެންޑް ފަސީ ލައިވް، ރޮކިން ޖާ، ޒެނިއާ އަދި ޝީސު ޕާފޯމް ކުރާނެ އެވެ.
މިއީ 'ޓަސްލާފަ' އިން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ޝޯ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް މިފަދަ ޝޯއެއް ބާއްވާފައިވެ އެވެ.
'ޓަސްލާފަ'ގެ މަގުސަދަކީ ގެއްލެމުން ނެތެމުންދާ ދިވެހި ރޮކް މިއުޒިކް އަލުން ދިރުވުމެވެ. މިއީ އަލަށް މި ދާއިރާއަށް ނުކުންނަ ފަންނާނުންނަށް ވެސް ރަނަގަޅު ފުރުސަތަކަށް ވާނެ ކަމަށް 'ޓަސްލާފަ' އިން ބުންޏެވެ.
މިފަދަ ކުދި ޝޯތަކުގެ ތެރެއިން ވެސް ރޮކް މިއުޒިކް ދިރުވިދާނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. އެގޮތުން ލައިވް ބޭންޑް ޕާފޯމަންސްތަކުން ފަންނާނުންގެ ވަރުގަދަ ހަކަތަ ދައްކާލާ، އޯޑިއަންސަށް ލައިވް މިއުޒިކް އަޑުއަހާލާ ދިވެހި ހުނަރު ބަލައިގަންނަން ފުރުސަތެއް ލިބޭނެ ކަމުގައި ޓަސްލާފަ އިން ބުންޏެވެ.
ޝޯގެ ޓިކެޓްގެ އަގަކީ 150 ރުފިޔާ އެވެ. މިރޭ ހުޅުމާލޭ ބީޗް ކްލަބުން ގަންނަ ނަމަ ޓިކެޓެއް 200 ރުފިޔާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ