ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ތަރި ޑިއޯގޯ ޖޮޓާ މަރުވެއްޖެ
ލިވަޕޫލްގެ އެންމެ އުންމީދީ ކުޅުންތެރިންތަކުގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ތަރި ޑިއޯގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މިއަދު މަރުވެއްޖެއެވެ. ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޮޓާ މަރުވެފައިވަނީ ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި އެކްސިޑެންޓެއްގައެވެ. އުމުރުން 28 އަހަރުގެ ޕޯޗުގީސް ފޯވާޑާއެކު އޭނާގެ ކޮއްކޮ އަންޑްރޭވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އެކްސިޑެންޓާއެކު ކާރުގައި އަލިފާން ރޯވިއިރު، ސްޕެއިންގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މިކަން ތަހުގީގުކުރަމުންނެވެ. ޖޮޓާ ވަނީ މީގެ ދެ ހަފުތާކުރިން ކައިވެނިކޮށްފައެވެ. ދުނިޔޭގައި ޖޮޓާގެ ތިން ދަރިން ދިރިތިބިއިރު، ލިވަޕޫލުން ވަނީ މިއީ ލިބުނު ބޮޑު ޝޮކެއްގެ ގޮތުގައި ބުނެފައެވެ. ކޮންޓްރެކްޓެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑުން ވުލްވްސްއަށް ވަދަލުވެ ފަހުން އެ އެއްބަސްވުން ވަނީ 2018 ވަނަ އަހަރު ދާއިމީކޮށްފައެވެ. އޭނާ ބޮޑަށް ވިދާލީވެސް ވުލްވްސް އިންނެވެ. ޖޮޓާ، 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވީ، 50 މިލިއަން ޑޮލަރުގެ ފީއަކަށެވެ. ޖޮޓާ ވަނީ އެ ޓީމަށް 182 މެޗުން 65 ލަނޑު ޖަހައިދީ 26 ލަނޑު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދީފައެވެ. އަދި ޕޯޗުގަލް ގައުމީ ޓީމަށް ނޭޝަންސް ލީގު ކާމިޔާބުކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ