ކަނޑު ވިއްކުމާ ދެކޮޅު ޕެޓިޝަނުގައި ސޮއިކުރާ ހަރަކާތް މިއަދު ހަވީރު ފަށަނީ!

ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބޮޑު ބައެއް ގެއްލުވާލާފައިވާ މައްސަލާގައި އެކުލަވައިލި އިއްތިހާދުން ކުރިއަށް ގެންދާ ޕެޓިޝަނުގައި ސޮއިކުރާ ހަރަކާތް މިއަދު ހަވީރު ފެށުމަށް ހަމަޖެހިއްޖެއެވެ.
އެ އިއްތިހާދުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ސިއްރު ސިޓީއަކުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލައިގައި އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ސޮއި ކުރުމުގެ ޙަރަކާތްތަކެއް މިއަދު ހަވީރު 4:00 ގައި ދަތުރުވެރިންގެ މާރުކޭޓު ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
އެހެންކަމުން އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމުގެ ގޮތުން އެ ވަގުތަށް ދަތުރުވެރިންގެ މާރުކޭޓު ކުރިމައްޗަށް ދިއުމަށް އެ އިއްތިހާދުން އެދިފައިވެއެވެ.
މަޖިލީހުގެ ލަފާވެސް ހޯދުމެއްނެތި އެ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭނެކަން ހާމަކޮށް ރައީސް އިބްރާހީމް އެގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއެކު، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އަދި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮފިން ވަނީ ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ