އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން މީހުން ދިރިއުޅޭ 4 ރަށެއްގައި އައިސް އުފައްދާ ޕްލާންޓްތަކެއް ގާއިމުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓް އެޅުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ "އިންސްޓެކް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމްޕެނީ ލިމިޓެޑް"އަށް 1.8 މިލިއަން ރުފިޔާއަށެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓް އިފެކްޓިވްވާ ދުވަހުން ފެށިގެން 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި ޕްރޮޖެކްޓަކީ ދިވެހިރާއްޖެއިން އިއުލާނުކޮށްފައިވާ ކާބަން ނެޓް ޒީރޯ 2023 ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދާ މަސައްކަތެއް ކަމަށެވެ.
އައިސް ޕްލާންޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް:
ތ.ބުރުނީގައި 5 ޓަނުގެ އައިސްޕްލާންޓެއް 15 ޓަނުގެ ސްޓޯރޭޖާއެކު އެޅުމަށް ނިންމާފައިވާއިރު ދެން އޮތް 3 ރަށުގައި ވެސް 15 ޓަނުގެ އައިސްޕްލާންޓް، 30 ޓަނުގެ ސްޓޯރޭޖާއެކު އަޅާނެއެވެ.
އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ