ކޯރަމް ހަމަނުވާތީ މިއަދުގެ މަޖިލިސް ނިންމާލައިފި

އޭޕްރީލް 21 ގައި އޮތް މަޖިލިސް އިންތިހާބުގައި ކުރިމަތިލި ގިނަ މަޖިލިސް މެންބަރުންނަށް ނާކާމިޔާބުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ބާއްވަން އެޖެންޑާކުރި ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ނިންމާލައިފި އެވެ. 
ރައްޔިތުގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާ ނިންމާލެއްވިކަން އިއުލާނު ކުރެއްވީ 9:35 ގައި މަޖިލިސް ފެށޭ ވަރަށް މެންބަރަށް ހަމަނުވުމުންނެވެ. އާންމު އުސޫލުން މަޖިލިސް ފަށާ ގަޑިއަކީ ހެނދުނު 9:00 އެވެ. މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއް ބޭއްވޭ ކޯރަމަކީ 22 މެމްބަރުންނެވެ.މިއަދުގެ މަޖިލިސް ކޯރަމް ހަމަނުވެގެން ނިންމާލި އިރު، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބާ ސުވާލު ކުރުމަށް އެޖެންޑާ ކޮށްފައި އޮތެވެ. އަދި ކޮޕީ ރައިޓާއި އެއާ ގުޅޭ ހައްގުތަކުގެ ބިލަށް ބަހުސް ކުރުމަށް ވެސް އޮތީ އެޖެންޑާ ކޮށްފަ އެވެ. އޭގެ އިތުރުން ފަސް ކަމަކަށް ވޯޓަށް އެހުމަށް ވެސް އެޖެންޑާގައި އޮތީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ބިމާ ބެހޭ ބިލު ފާސް ކުރުމާ ގުޅޭ ގޮތުންނާއި، ސިވިލް ސާވިސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރަން މެންބަރުންގެ ރުހުން ހޯދުން ވެސް ހިމެނެ އެވެ. އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް ދުވަސްކޮޅަކަށް މެދުކަނޑާލުމަށް ފަހު، އަލުން ޖަލްސާތައް ފަށާފައި ވަނީ އިއްޔެ އެވެ. އިއްޔެ ވެސް މަޖިލީހަށް ހާޒިރުވީ މަދު މެންބަރުންތަކެކެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ނެގި ވޯޓުގައި މަޖިލީހުގައި މިވަގުތު ތިއްބެވި ގިނަ މެންބަރުންތަކެއް ވާދަ ކުރެއްވި ނަމަވެސް، ގޮނޑި ދެމެހެއްޓުނީ އެންމެ އަށް މެންބަރުންނަށެވެ. ރައްޔިތުންގެ ވޯޓަކުން އިތުބާރު ނެތް ކަމަށް ނިންމާފައި އޮތް މަޖިލީހަކުން، ރައްޔިތުންނާ ގުޅުންހުރި ކަންކަން ރަނގަޅު ނޫން ކަމަށް އިއްޔެގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރޭޓްސް ގެ މެންބަރު އަލީ އާޒިމް ގޮވާލެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ