އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު މޭ 24 ގައި ބާއްވަނީ

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު މި މަހުގެ 24 ވަނަ ދުވަހު ބާއްވާނެކަން އެ އެސޯސިއޭޝަން އިން އިއުލާން ކޮށްފިއެވެ.
އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގެޒެޓް ކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އެސޯސިއޭޝަންގެ އާންމު ހާއްސަ ޖަލްސާއެއްގައި އެ އެސޯސިއޭޝަންގެ އިންތިހާބު ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަންގެ ބޯޑުން ވަނީ ނިންމާފައެވެ.
އެތްލެޓިކްސް އެސޯސިއޭޝަންސް އޮފް މޯލްޑިވެސްގެ ހިންގާ ކޮމިޓީގެ މަގާމު ތަކުގެ ތެރޭގައި އެ އެސޯސިއޭޝަން ގެ ރައީސް އަދި ނައިބް ރައީސްގެ އިތުރުން ހަޒާންދާރު ގެ މަގާމު ހިމެނެއެވެ. އަދި މީގެ އިތުރުން ހިންގާ ކޮމިޓީގެ އިތުރު މެންބަރުންގެ ގޮތުގައި 3 މެމްބަރުންގެ އިތުރުން އަންހެން މެމްބަރެއް ވެސް އިންތިހާބު ކުރާނެއެވެ.
އެތްލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިހާބު ބާއްވާނެކަން އިއުލާން ކޮށްފައިވާއިރު އެ އިންތިހާބުގައި ވާދަކުރަން ބޭނުންނުވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ