އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބުދަ ދުވަހު ޢައްޔަނުކުރައްވައިފިއެވެ.
ޝަކީލު މި މަޤާމަށް ޢައްޔަނުކުރެއްވީ އެ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް ޢައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ އަންގާރަ ދުވަހުއެވެ. މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ޝަކީލް އެ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
މިއީ މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން އަދާކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރިން 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަންގެ މެންބަރުކަން ފުރުއްވާފައެވެ. މީގެ އިތުރުން، 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލް ވަނީ ފުރުއްވާފައެވެ.
ޝަކީލަކީ ދައުލަތުގެ އެކި މަޤާމުތަކުގައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން މި ސަރުކާރުގައި އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ޝަކީލު ޢައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ