އައްޑޫ ސިޓީގައި ބީސީސީން ހިންގަމުންދާ ބިޒްނަސް ސެންޓަރު މެދުވެރިކޮށް، އެ ސިޓީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އައްޑޫ ބިޒްނަސް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 2023 އިން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 709 ވިޔަފާރިއަކަށް ކޮންސަލްޓޭޝަން ދީފައިވެއެވެ.
މީގެ އިތުރުން 800 އަށްވުރެ ގިނަ ވިޔަފާރިތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދީފައިވާއިރު، 277 ތަމްރީނު ޕްރޮގްރާމާއި ސެމިނަރތައް ވަނީ ބާއްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ އިކޮނޮމިކް ޕްރޮފައިލިންގގެ ދަށުން 645 ވިޔަފާރިއެއްގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.
މި ތަޞައްވުރު ތަންފީޒުކުރުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން މި މަހުގެ 13 އިން 14 އަށް އައްޑޫގައި ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ބައިވެރިވެ، ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ހުރި ޢަމަލީ ހައްލުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ބީސީސީން ފާހަގަކުރި ގޮތުގައި، 2026 ވަނަ އަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާތީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެ ކުންފުނިން ބޮޑު އިސްކަމެއް ދޭނެއެވެ. ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ ދަށުން ވިޔަފާރިތަކަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އައްޑޫގެ 700 އަށްވުރެ ގިނަ ވިޔަފާރިއަކަށް ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ