ދިރާގާއި ވަށްމާފުށީގެ ފަރާތުން ދޭ ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި

ދިރާގާއި ވަށްމާފުށި ގުޅިގެން ކުރިއަށް ގެންދިޔަ "ވަށްމާފުށި ޒިޕްލައިން އެޑްވެންޗާ" ގިވްއަވޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިދިޔަ އޭޕްރިލް މަހުގެ 28އިން މިދިޔަ މެއި މަހުގެ 31އަށް ކުރިއަށްގެންދިޔަ އެ ހަރަކާތުގެ ދަށުން، ގުރުއަތުން ހޮވުނު ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެ ފުރުސަތުގެ ދަށުން، ކޮންމެ ނަސީބުވެރިއަކަށް ވެސް އިތުރު މީހަކާއެކު މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ގުރުއަތުން ހޮވުނު ނަސީބުވެރިންނަކީ: 1. @Salwakamari_ 2. @Hamdhoon.ibraahim 3. @She.Hero ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފިއެވެ. މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް، ވަށްމާފުށީގެ ޚިދުމަތްތަކުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. ކަސްޓަމަރުން ބުކިން ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ. ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައި ދިނުމަށް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ