ގައުމު ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ތަޖުރިބާކާރު ލީޑަޝިޕެއް: ފައްޔާޒު

ގައުމު ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ތަޖުރިބާކާރު ލީޑަޝިޕެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫއާއި މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި  ބޭއްވި ”ބޮޑު ބަދަލު“ ކެމްޕޭނުގެ ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑު ބަދަލެއް ބޭނުންވާކަމަށް ވިދާޅުވެ، ރައީސް މުޙައްމަދު ނަޝީދަށް އޮތް ތާއީދު ހާމަކުރައްވާފައެވެ.
މި ޖަލްސާގައި ފައްޔާޒު ވަނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އޭނާ ކުރެއްވި ސިޔާސީ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ ބަލިކަށިވިޔަނުދީ، ޕާޓީ ކާމިޔާބީއާ ދިމާލަށް ގެންދިއުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އަދި މި ދަތުރަކީ އަބަދުވެސް ރޭވުނު ގޮތަށް އޮމާންކޮށް ދިޔަ ދަތުރެއް ނޫން ނަމަވެސް، ޕާޓީ މިއަދު އޮތް މުހިންމު ހިސާބަށް ގެނެސްދިނުމުގައި އޭނާގެ ދައުރެއް އޮތްކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ދަތުރާއި ގައުމީ ހިންގުން ”އޮޑިއަކާ“ މިސާލު ކުރައްވަމުން ފައްޔާޒު ވިދާޅުވީ، ބައެއް ފަހަރު ދަތުރު ފަށައިގަންނައިރު ކާމިޔާބުހެން ހީވި ނަމަވެސް، މަންޒިލަށް ދެވުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ