މޯލްޑިވްސް
ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން "އެމްއެންޔޫ ފަހި ފުރުސަތު" ގެ ނަމުގައި ކުރިއަށްގެންދާ ޖޮބް
ފެއާގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މި އަހަރުވެސް ބައިވެރިވެއްޖެ އެވެ.
އެމްއައިބީން ބުނީ އެމްއެންޔޫގެ ޖޮބް ފެއާ މެދުވެރިކޮށް އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ފުރުސަތުތަކުގެ އިތުރުން އެ ބެންކުގެ މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށެވެ.
އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގައި އިއްޔެ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ފެއާގައި އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކޮށް ރަޖިސްޓާކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮމޯޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
ޕްރޮމޯޝަންގެ ދަށުން ރަޖިސްޓްރީވެފައިވާ މީހުންގެ މެދުގައި ނަގާ ލަކީޑްރޯއިން ތިން ނަސީބުވެރިޔަކަށް ފައިސާވެއާ ރިންގެއް ލިބޭއިރު، ގުރު ނެގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.
މިއީ ދަސްވެނިން
އަދި ވަޒީފާ ހޯދާ ފަރާތްތަކަށް އެމްއައިބީގައި ހުރި ފުރުސަތުތައް ދެނެގަނެ، މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ހޯދުމަށްލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި
މި ފުރުސަތުގެ ބޭނުން ހިފުމަށް އެމްއައިބީން ހިތްވަރުދެ އެވެ.
އެމްއެންޔޫ ޖޮބްފެއާ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ފެށިގެން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ.
އެމްއައިބީން ވަޒީފާއެއް ހޯދަން ބޭނުންވާ މީހުންނަށް ބޭނުންވާ މައުލޫމާތު އެމްއެންޔޫ ޖޮބް ފެއާއިން ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ