އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުގެނެވި، ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު މި ސަރުކާރުން ވަނީ މި މައްސަލަ ހައްލު ކުރުމަށް ގިނަ ފިޔަވަޅުތައް އަޅާފަ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދިޔަ ”ދަ ގްރޭޓަރ އައްޑޫ“ ގެ ޖަލްސާގައި ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ އައްޑުއަށް ދިމާވީ މިއަދު ނުވަތަ އިއްޔެއަކު ނޫން ކަމަށެވެ. މިކަމަށް ހައްލު ގެންނާނެކަމަށް ކުރީ ސަރުކާރުން ވައުދުވެ، ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.
އައްޑޫގެ ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ރައީސް ވަނީ، ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައިގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އިއުލާނު ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ 26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް މި އެއްބަސްވުމުގެ ދަށުން ކުރެވޭނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން މަސައްކަތް ނިންމާލެވޭނެކަން ފާހަގަކުރައްވައި ވިދަޅުވީ، މިއީ 20 އަހަރުގެ ސެކިއުރިޓީއެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ މަސައްކަތްތައް ކުރެވެމުން ދާއިރު، ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅާ ބަޔަކަށް ކައުންސިލްތައް ނުހެދުމަށް ރައްޔިތުން މަސައްކަތް ކޮށްދޭންޖެހޭ ކަމަށެވެ. ހާއްސަކޮށް ކައުންސިލްތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުންނަކީ، ސަރުކާރާއި އެއް ވިސްނުމެއްގައި ތިބި ބަޔަކަށް ވާނަމަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފަސޭހަ ވާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައްޑޫގެ މަގު ހެދުމުގެ މަސައްކަތްތަކާއި، އަދި ހާއްސަކޮށް ވިޔަފާރީގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ވެސް މުޅި އައްޑޫ ސިޓީއަށް 48 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ވިޔާފާރީގެ ދާއިރާއިން ބަލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި، އައްޑޫ އަތޮޅު ހެދުމަށްޓަކައި އެކަމާއި ގުޅޭ ގާނޫނީ އަދި އިދާރީ ކަންކަން ނިންމާ ޖެނުއަރީ 1 2027 އިން ފެށިގެން 3 އަހަރު ދުވަހަށް އައްޑޫ ސިޓީއަކީ ކުދި އަދި މެދު ފަންތީގެ ވިޔާފާރިތައް ފުޅާކޮށް އިތުރަށް އިންވެސްޓުކޮށް، ރަންޒަމާނަކަށް ހެދުމަށް 3 އަހަރު، އެ ސަރަހައްދު ޓެކްސް ފްރީ ޒޯނަކަށް ހަދައިދީ އެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށ ްފަހި ފުރުސަތުތަކެއް ކުރިއަށް އޮތް 3 އަހަރަށް ދިނުމަށް ސަރުކާރުން އޮތީ ނިންމާފަ
އެކަންކަން ވަރަށް ފުރިހަމައަށް ކުރިއަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެހާ ފުރިހަމަ ކަންކަން އޮތްއިރު، އެކަމަށް އެންމެ ފަސޭހައިން ހުރަސްއަޅައި، ދަތި ކުރުވޭނެ ބަޔަކީ އެ ދާއިރާއެއް ނުވަތަ ރަށު ކައުންސިލް ކަމަށެވެ. އެގޮތުން ކައުންސިލުން ކުރާ ކަމެއްގެ ސަބަބުން، ސަރުކާރުގެ ވައުދެއް ފުއްދުމަށް ދަތިތައް ދިމާވެދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ އެމްޑީޕީއަށް ވެސް ފާޑުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އިދިކޮޅުގައި އޮތުމަކީ ކޮންމެ ކަމަކަށް ނުވަތަ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކަށް އިދިކޮޅުވުން ކަމަށް ހީވެފައި އޮވެދާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާއި، ސިޔާސަތުތަކަށް އެ ޕާޓީން ދައްކަމުން ދަނީ ދެކޮޅު ނުޖެހޭ، އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމުގެ އެއްބަސްވުމުން، 20 އަހަރުގެ ޔަގީންކަން ދޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ