ދިރާގު ފިންޓެކްއިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން މާފަންނު، އަދި ހުޅުމާލޭ ފޭސް 1ގައި ހުންނަ ޕިއްޒާ ބޯނާއިން އަންނަ ބުރާސްފަތި ދުވަހު، 1ރ. ޕިއްޒާ ލިބޭނެ އެވެ. މި އޮފާ ކުރިއަށް ދާނީ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން ފުރަތަމަ 500 ކަސްޓަމަރުންނަށެވެ.
ޓޭކް-އަވޭ ހިދުމަތަށް ހާއްސަކޮށްފައިވާ މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ބައިވެރިވެވޭނެ އެވެ.
ދިރާގު ފިންޓެކުން ބުނީ މިއީ ފުޓުބޯޅަ މޫސުމާ ގުޅުވައިގެން ދިރާގު ފިންޓެކްއިން ތައާރަފް ކުރި ޕްރޮމޯޝަނެއް ކަމަށެވެ. އަދި މިއީ އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ކަސްޓަމަރުންނަށް ފަހިކޮށްދީފައިވާ ރަނުގެ ފުރުސަތެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.
ދިރާގު ފިންޓެކުން ބުނީ މީގެ ކުރިންވެސް ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ ކަމަށެވެ.
މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ޕްރޮމޯޝަންތަކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގު ފިންޓެކަކީ ދިރާގުގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުޕޭ ކަސްޓަމަރުންނަށް 1ރ. އަށް ޕިއްޒާ ބޯނާގެ ޕިއްޒާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ