ސްކޮޓްލެންޑްގެ
ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ސްވިމިން ހުރިހާ
އިވެންޓެއް ނިމިފައިވާއިރު، މުބާރާތުގައި
ވާދަކުރި ރާއްޖޭގެ ގައުމީ ފެތުންތެރިން
ޖުމްލަ އެކު، 12
ގައުމީ
ރެކޯޑެއް އާ ކޮށްފި އެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ސްވިމިންގެ އިތުރުން ވާދަކުރަނީ އެތުލެޓިކްސްގަ އެވެ.
SIMDI Company Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
SIMDI Company Pvt Ltd
MU STORE
މި
ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި،
ސްވިމިން
އިން ވާދަކުރާ ގައުމީ ފެތުންތެރިންނަކީ، އަމްނާ
ތަޒްކިޔާ މިރުސާދު (ތަޒްކީ)، މެރާލް އައިން ލަތީފް،
މުހައްމަދު ރިހާން ޝިހާމް، ލޫތު މުހައްމަދު
ހުސެއިން އަދި މުހައްމަދު އާން ހުސެއިން
އެެވެ.
މީގެ ތެރެއިން، ތަޒްކީ ވަނީ ހަތަރު ގައުމީ ރެކޯޑެއް އާ ކޮށްފަ އެެވެ. ލޫތު އާއި ރިހާން، ކޮންމެ ފެތުންތެރިއަކު ދެ ރެކޯޑެއް ގައުމީ ހެދިއިރު، މިކްސް ރިލޭ އިވެންޓުގެ ދެ ރެކޯޑެއްގެ އިތުރުން، އާން އަދި މެރާލް ވެސް ވަނީ ރެކޯޑެއް އާ ކޮށްފަ އެވެ.
ސްވިމިން އިވެންޓްތަކުގައި މިއަދު ރާއްޖޭގެ ފެތުންތެރިން ހަތަރު ގައުމީ ރެކޯޑެއް އާ ކުރި އެވެ.
އެ ގޮތުން، އާ ކުރި ރެކޯޑްތަކަށް ބަލާއިރު،
ފިރިހެނުންގެ 400
މީޓަރު
އިންޑިވިޖުއަލް މެޑްލީ ރެކޯޑް ރިހާން
ވަނީ އާ ކޮށްފަ އެވެ. ރިހާން މި ފަހަރުގެ ގޭމްސްގައި ކުރިން އާ ކުރީ 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އެވެ.
ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ އިވެންޓުގައި ރިހާން ރެކޯޑް އާ ކުރީ، 5 މިނިޓް 09.68 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން ރިހާން މި ރެކޯޑް ހޯލްޑް ކުރީ މި އަހަރުގެ ބަހުރޭން އަކުއަޓިކްސް ކަޕްގައި 5 މިނިޓް 11.03 ސިިކުންތުން ރޭސް ނިންމައިގެންނެވެ.
ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް ރިލޭ އިވެންޓުގައި ވާދަކުރި ތަޒްކީ، ލޫތު، ރިހާން އަދި މެރާލް، ގައުމީ ރެކޯޑް އާ ކުރި ޓައިމިން އަކީ، 4 މިނިޓް 31.16 ސިކުންތުންނެވެ. މީގެ ކުރިން، 22 ވަނަ ވޯލްޑް އަކުއަޓިކްސް ޗެމްޕިއަންޝިޕްގައި، ތަޒްކީ، އާން، ރިހާން އަދި މެރާލް މި އިވެންޓް ނިންމި ޓައިމިން އަކީ، 4 މިނިޓް 40.23 ސިކުންތުންނެވެ.
އަންހެނުންގެ
50
މީޓަރު
ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް،
ތަޒްކީ އާކުރިއިރު، ހަތަރެއް ގުނަ 100
މީޓަރުގެ
މިކްސްޑް މެޑްލީ ރިލޭ އިވެންޓްގެ ގައުމީ
ރެކޯޑް ވަނީ އާ ކޮށްފަ އެވެ.
ރިލޭ
ޓީމުގައި ހިމެނެނީ، ތަޒްކީ، ލޫތު،
ރިހާން އަދި މެރާލް އެވެ.
މި
ރިލޭގެ ފުރަތަމަ ލެގުގައި ފަތައިގެން،
ތަޒްކީ ވަނީ އަންހެނުންގެ 100
މީޓަރު
ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް
އާ ކޮށްފަ އެވެ.
ތަޒްކީ، 50 މީޓަރުގެ ފްރީސްޓައިލް ރެކޯޑް އާ ކުރި ޓައިމިން އަކީ، 27.99 ސިކުންތެވެ. މީގެ ކުރިން، އޭއޯއެސްއައި މުބާރާތުގައި ތަޒްކީ އެ ރެކޯޑް ހަދާފައި އޮތް ޓައިމިން އަކީ، 28.49 ސިކުންތުންނެވެ. މިކްސްޑް ރިލޭ އިވެންޓުގެ ފުރަތަމަ ލެގުގައި ފަތައި، ތަޒްކީ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑް ހެދި ޓައިމިން އަކީ، 1 މިނިޓް 11.26 ސިކުންތުންނެވެ. މީގެ ކުރިން 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި މި އިވެންޓުގައި ވާދަކޮށް ތަަޒްކީ ރެކޯޑް ހެދި ޓައިމިން އަކީ، 1 މިނިޓް 13.49 ސިކުންތެވެ.
މި ފަހަރުގެ ކޮމަންވެލުތު ގޭމްސްގައި، ތަޒްކީ ކުރިންް އާ ކުރީ، 100 މީޓަރާއި 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑްތަކެވެ.
ރާއްޖޭގެ އެހެން ފެތުންތެރިންނަށް ބަލާއިރު، މެރާލް ވަނީ، ކޮމަންވެލްތު ގޭމްސްގައި އަންހެނުންގެ 200
މީޓަރު
ފްރީސްޓައިލްް އިވެންޓުގައި ރެކޯޑް އާ ކޮށްފަ އެވެ. އާން، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ރެކޯޑް އާ ކުރިއިރު، ލޫތު ވަނީ 50 މީޓަރާއި 100 މީޓަރު ބްރެސްޓްސްޓްރޯކްގެ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ. އަދި، ހަތަރެއް ގުނަ 100
މީޓަރު
ފްރީސްޓައިލް އިވެންޓުގައި ވާދަކުރި
މިކްސް ރިލޭ ޓީމުން ވެސް ރެކޯޑް ހެދި އެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ފެތުންތެރިންނަށް ޖުމްލަ 12 ގައުމީ ރެކޯޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ