ޑަލަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 15) - ފްރާންސް 2-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ސްޕެއިނުން 16 އަަހަރަށް ފަހު، ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ، ސްޕެއިންގެ ތާރީހުގައި ވެސް ވޯލްޑް ކަޕް ފައިނަލުގައި ކުޅޭނެ ދެ ވަނަ ފަހަރެެވެ. މި ފަހަރު ފައިނަލުގައި ސްޕެއިން ކުޅޭނީ އިންގްލެންޑާއި އާޖެންޓީނާ ތެރެއިން ޓީމަކާ އެވެ.
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MGH Group of Companies
Zetta Enterprises Pvt Ltd
ސްޕެއިނުން އެންމެ ފަހުން ވޯލްޑް ކަޕް ފައިނަލުގައި ކުޅުނީ 2010 ވަނަ އަހަރުގެ ފައިނަލުގައި، ނެދަލެންޑްސް އަތުން މޮޅުވިއިރު އެވެ. ސްޕެއިނުން 16 އަހަރު ތެރޭ ވޯލްޑް ކަޕްގެ ނޮކައުޓްގައި މޮޅެއް ހޯދީ ވެސް މި ފަހަރު އެވެ. އެ ގޮތުން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2018 ވަނަ އަހަރުގެ ނޮކައުޓް ފުރަތަމަ މެޗުން ވަނީ ޕެނަލްޓީ ޖަހައިގެން ރަޝިއާ އަތުން ބަލިވެފަ އެވެ. އަދި، މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓްގެ ފުރަތަމަ މެޗުން ސްޕެއިން ވަނީ މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ކަޓައިފަ އެވެ.
އަނެއްކޮޅުން، ސްޕެއިން އިން މި ވަނީ ޖެހިޖެހިގެން ތިން މުބާރާތުގެ ސެމީ ފައިނަލުން ފްރާންސް ކަޓުވާލައިފަ އެވެ. މީގެ ކުރިން، ޔުއެފާ ނޭޝަންސް ލީގާއި ޔޫރޯގެ ސެމީ ފައިނަލުގައި ވެސް ފްރާންސް ކެޓީ ސްޕެއިން އަތުން ބަލިވެގެންނެވެ.
ސްޕެއިނުން މިރޭގެ މެޗުން ލީޑުނެގީ، 22 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މިކޭލް އޮޔާޒަބާލް ޖެހި ގޯލުންނެވެ. މިއީ، އޭރިއާތެރެއިން ފްރާންސްގެ ލޫކަސް ޑީންޏާ، ސްޕެއިނުގެ ލަމީން ޔަމާލަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ފްރާންސްގެ އެޓޭކްތައް ހިފެހެއްޓުމަށްޓަކައި، ސްޕެއިނުގެ ޑިފެންޑަރުން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވެސް ވަނީ ފަހަތަށް އައި ބޯޅަތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕެއިނުން ދެ ވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއްނުވެ، ދެ ވަނަ ގޯލު ޖަަހައިފަ އެވެ. މިއީ، 58 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ޕެޑްރޯ ޕޯރޯ ޖެހި ގޯލެކެވެ.
ސްޕެއިނުގެ ޔަމާލް، އެ ޓީމަށް ޖަހައިދިން ގޯލެއް ވަނީ އޮފްސައިޑް ކަަމަށް ނިންމައިފަ އެެވެ.
މި މެޗުން ފްރާންސް ބަލިވުމާ އެކު، މިއި، އެ ޓީމުގެ ކޯޗަކަށް ޑިޑިއޭ ޑެޝޯމްޕްސް ހުރި ފަހު މެޗެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު މަގާމުން ވަކިވާން ޑެޝޯމްޕްސް އޮތީ ނިންމައިފަ އެެވެ.
ފްރާންސަށް 1998 ވަަނަ އަހަރު އެ ގައުމުގައި ހޯސްޓްކުރި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން، ޑެޝޯމްޕްސް އަކީ، 2018 ވަަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސުން ހޯދިއިރު، އެ ޓީމުގެ ކޯޗެވެ. އަދި، ޑެޝޯމްޕްސް ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ވެސް ފްރާންސް ގެންގޮސްދީފަ އެވެ. ޑެޝޯމްޕްސް، 2012 ވަނަ އަހަރު ފްރާންސްގެ ކޯޗުކަމާ ހަވާލުވިއިރު، މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާ ފްރާންސާ އެކު ކުރިމަތިލާ ފަހު މުބާރާތެވެ. ދެން، ފްރާންސާ ހަވާލުވާނެ ކަމަށް ބެލެވެނީ ޒިނެދިން ޒިދާން އެވެ. ޒިދާން އަކީ 1998 ވަނަ އަހަރު ޑެޝޯމްޕްސްގެ ކެޕްޓަންކަމުގައި ފްރާންސްގައި ކުޅުނު ކުޅުންތެރިއެކެވެ.
ފްރާންސް ކަޓުވާލައި ސްޕެއިން 16 އަހަރަށް ފަހު ވޯލްޑް ކަޕް ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ