ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ ދެން އުފެދޭނީ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް: ނަޝީދު އައިޝާ ޑޮކިއުމެންޓްރީ: ތަހުގީގަށް ބަޔާން ދިނުމަށްފަހު މީޑިއާ އާއި ހިއްސާކުރާނަން: ޝަމީމް މީހަކާ ގުޅުން އުފައްދައިގެން ބައި ލައްކަ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް “އަދަދު” ނޫހުން އާންމުކުރި “އައިޝާ” ޑޮކިއުމެންޓްރީގެ މައްސަލައިގައި، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް މިއަދު ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މިއީ މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުކުރާ ދެވަނަ ފަހަރެވެ. ރޭގެ ވަގުތެއްގައި އޭނާ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައިވާއިރު، މިއަދު ހާޒިރުވާން އަންގާފައިވަނީ މާލޭގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ.
ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސް މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެވެ.
އީޝާގެ އިސް ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އީޝާއަކީ މި މައްސަލައިގައި “ވިކްޓިމް” އެއް ކަމަށާއި، އޭނާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް “އަދަދު” ނޫހުގެ އޮފީސް ފާސްކޮށް، އެ ނޫހުގެ ސީއީއޯ އާއި މެނޭޖިން އެޑިޓަރުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ އެ ޑޮކިއުމެންޓްރީގައި ހިމެނޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ