ހިޔާލް ތަފާތުވެ އެންމެ ފަހުން ސުޕްރީމް ކޯޓަށް!

އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވާތީ ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި މެދު ގޮތެއް ނުނިމި އެންމެ ފަހުން ސުޕްރީމްކޯޓަށް ދިއުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން މިސްރާބް ޖަހައިފިއެވެ. 
ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއުރާގެ މެމްބަރު އަހުމަދު ހަލީމް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ފާސްކުރުމާއި މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ބޮޑެތި ހިޔާލްތުވުންތައް އުފެދިފައި ވަނިކޮށް މި މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތޮޝާރީ ލަފައެއް ހޯދުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާއެވެ. 
ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް އެދި ގަރާރު ހުށަހަޅުއްވަމުން ޢަފޫރު ވިދާޅުވީ މިވަގުތު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި މެދު އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވެސް އަދި މުޅި މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ވެސް ހިޔާލްތަފާތުވުން އުފެދުފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ދައުރު ދެންމި ނަމަވެސް އެތައް ގާނޫނީ މައްސަލަތަކެއް ދިމާވާނެ ކަމަށް ޢަފޫރު ވިދާޅުވިއެވެ. އެހެން ކަމުން އިންތިހާބު ފަސްކުރުމަށް ފަހުގައްޔާއި އަދި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ފަހު ވެސް ދިމާވެދާނެ ގާނޫނީ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށާއި އެހެން ކަމުން އެކަން ކުރެވޭނީ ދައުލަތުގެ ތިންބާރު ގިޅިގެންކަން ޢަފޫރު ފާހަގަ ކުރެއްވިއެވެ. 
ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޣަފޫރު ހުށަހެޅުއްވިއިރު، އޭގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބަންޑާރަ ނައިބާއި ކައުންސިލަ ޖެނެރަލްގެ ލަފައަށް ބައެއް މެންބަރުންނަށް އެއްބަސްނުވެވޭތީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. 
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި މެދު ހިޔާލްތަފާތުވުން އފެދި ސުޕްރީމް ކޯޓަށް ދިއުމަށް އެމްޑީޕީގެ ވިސްނުން ބަދަލުވަމުންދާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ޕީޖީ ގުރޫޮުން ވަނީ ނިންމާފައެވެ. ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރަން ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ތާއިދު ކުރެއްވި 42 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ