ރިޔާދު، ސަައުދީ އަރަބިއްޔާ (ޖޫން 27) - ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް، އަލް ނަސްރާ އެކު، ސޮއިކުރި ދެ އަހަރުގެ ކޮންޓްރެކްޓް ނިންމައިފިނަަމަ، އޭނާ އަށް 500 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަލް ނަސްރާ އެކު، ރޮނާލްޑޯ ސޮއިކުރީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން ނިމެންދެން، ރޮނާލްޑޯ، އެ ކްލަބްގައި މަޑުކޮށްފިނަމަ، އުމުރުން 42 އަހަރު ވަންދެން އެ ޓީމުން ފެންނާނެ އެވެ. އަދި، އާމްދަނީގެ ގޮތުގައި، 500 މިލިއަން ޑޮލަރު ލިބޭނެ ކަަމަށް ރިޕޯޓްތައް ބުނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، 2022 ވަނަ އަހަރު، އަލް ނަސްރަށް ސޮއިކުރި، ރޮނާލްޑޯ، އެ ކްލަބާ އެކު ހެދި ކޮންޓްރެކްޓް އޮތީ މި މަހުގެ ނިޔަލަށެވެ. މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅޭ ޓީމަކަށް ރޮނާލްޑޯ ބަދަލުވެދާނެ ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް، ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރުމަށް ފަހު، ރޮނާލްޑޯ ވަނީ އަލް ނަސްރުގައި މަޑުކުރާނެ ކަމަށް ބުނެފަ އެވެ.
އަލް ނަސްރުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ރޮނާލްޑޯ ވަނީ ޖުމްލަ އެކު، މިހާތަނަށް އެ ޓީމަށް 111 މެޗުން 99 ލަނޑު ޖަހައިފަ އެވެ. އަލް ނަަސްރުން 2019 ގެ ފަހުން ތަށްޓެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގައި ކާމިޔާބެއް ލިބިފައިނުވާއިރު، މިދިޔަ ސީޒަނުގައި އެ ޓީމަށް ކޯޗުކޮށްދިން، ސްޓެފާނޯ ޕިއޯލީ ވަނީ ވަކިވެފަ އެވެ. އަދި، އަލް ނަސްރުން އަންނަނީ ރޮނާލްޑޯއާ އެކު، ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު، ޕޯޓޯ އާއި އޭސީ މިލާނުގެ ކުރީގެ ކޯޗު، ސާޖިއޯ ކޮންސެސާއޯ ޓީމަށް ގެންނަން މަސައްކަތް ކުރަމުންނެވެ.
ރޮނާލްޑޯ އަށް އަލް ނަސްރުގެ އާ ކޮންޓްރެކްޓުން 500 މިލިއަން ޑޮލަރު ރޮނާލްޑޯ އަށް އަލް ނަސްރުގެ އާ ކޮންޓްރެކްޓުން 500 މިލިއަން ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ