ހިޖުރީ އައު އަހަރާއި ގުޅުވައިގެން ގެފުޅުގެ "ކިސްވާ" ބަދަލުކޮށްފި

މައްކާގައި ހުންނަ މަސްޖިދުލް ޙަރާމްގެ ކަޢުބާގައި އަޅުވާފައިވާ ރަން އަދި ކަޅު ފޮތިން ހަދާފައިވާ "ކިސްވާ" ބަދަލުކޮށްފިއެވެ. މިއީ ސަތޭކައަކަށް އަހަރަށްވުރެ ގިނަ ދުވަހުގެ ތާރީޚެއް އޮތް އާދަކާދައެއްގެ ގޮތުގައި ކުރިއަށްގެންދާ ކަމެކެވެ.
ފަރުވާތެރިކަމާއެކު ވިލަރެސްކުރެވިގެން ކުރިއަށްދިޔަ މި މަސައްކަތް ފެށިފައިވަނީ ކަޢުބާގެ ދޮރުގައި އަޅުވާފައިވާ 6.35 މީޓަރު 3.33 މީޓަރުގެ ފޮތި ނެގުމާއެކުގައެވެ.
ސަޢޫދީ ޕްރެސް އެޖެންސީން ހާމަކުރި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ 154 ފަންނުވެރި ސަޢޫދީ މަސައްކަތްތެރިންގެ ޓީމަކުންނެވެ. މި ޓީމުން ކުރިން ބޭނުންކޮށްފައިވާ ކިސްވާ ނަގައި، އޭގެ ރަން އުނގުޅާފައިވާ ބައިތައް ވަކިކޮށް، އައު ކިސްވާ އަޅުވާނެއެވެ. އައު ކިސްވާ އެކުލެވިގެންވަނީ 47 ކަޅު ސިލްކު ޕެނަލްގެ މައްޗަށެވެ. މީގައި 24 ކެރެޓް ރަން އުނގުޅާފައިވާ ރިހި ފަށުން 68 ޤުރުއާނީ އާޔަތް ކުރެހިފައިވެއެވެ.
އައު ކިސްވާގެ ބަރުދަނަކީ ގާތްގަނޑަކަށް 1,415 ކިލޯގްރާމެވެ. މި ފޮތި ތައްޔާރުކުރުމަށް ޖުމްލަ 825 ކިލޯގްރާމްގެ ސިލްކާއި، 410 ކިލޯގްރާމްގެ ހަމު ކޮޓަނާއި، 120 ކިލޯގްރާމްގެ ރަން އުނގުޅާފައިވާ ރިހި ފަށާއި، 60 ކިލޯގްރާމްގެ ސާފު ރިހި ބޭނުންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ