ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދިނުމުން ގަތަރާއި އަވައްޓެރި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ބެލެވިއްޖެ އެވެ.
ބެލެވޭ ގޮތުގައި ގަތަރުގެ ދޯހާއިން ރާއްޖެއަށް ހަފުތާއަކު ގާތްގަނޑަށް 181 ފްލައިޓެ އަޅަ އެވެ. އޭގެ އިތުރުން ދޯހާއިން ގާތްގަނޑަކަށް 70 ފްލައިޓު ރާއްޖެއަށް ހަފުތާއަކު ދަތުރު ކުރެ އެވެ.
އިރާނުން މިރޭ ހަމަލާ ދިނީ ގަތަރާއި ބަހުރޭނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ވެސް އިރާނުން ހަމަލާ ދޭނެ ކަމަށް ބެލެވެ އެވެ. އެ ހަމަލާތަކަކީ، އިރާނުގެ ތިން ސަރަހައްދަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލެވެ.
ރާއްޖެއަށް ޔޫރަޕުން އަންނަ ވަރަށް ގިނަ ފަތުރުވެރިން އަންނަނީ ޑުބާއީ އާއި ދޯހާ މަގުންނެވެ. އެހެންކަމުން އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން ރާއްޖޭގެ ޓުއަރިޒަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ.
މާދަމާ ވެސް ދުބާއީ އިން ހަތް ފްލައިޓު ރާއްޖެއަށް އައުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އޭގެ އިތުރުން ދޯހާ އިން ވެސް ދެ ފްލައިޓު ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން އެ ފްލައިޓުތައް ކެންސަލް ކުރާނެ ކަމަށް ބެލެވެ އެވެ.
މިކަމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދަށް މި ނޫހުން ގުޅުމުން މިވަގުތު ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
އިތުރު ތަފުސީލު އަންނަނީ ---
ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި، ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއްވާނެ ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި، ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ