މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި, މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިނދިކޮޅު ޕާޓީތަކުން ނިންމުމާއި ގުޅިގެން މަހުޖަނު ގާސިމް ކޯފާ އިސްކުރައްވާ, މަޖިލިހުގެ ފްލޯގައި ވާހަކަ ދައްކަވައިފިއެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ނިންމާފައިވާއިރު, ގާސިމް ވަނީ މުއިއްޒުއަށް ރިޝްވަތު ދީގެން, މާމިގިލީ ދާއިރާގެ ޕީއެންސީގެ ޓިކެޓް ކަށަވަރު ކޮށްފަައިކަންވެސް ފާހަގަ ކޮށްލެވެއެވެ. އެގޮތުން ގާސިމްވަނީ ޕީއެންސީން މާމިގިލީ ދާއިރާއަށް ކެނޑިޑޭޓަކު ނުނެރެން މުއިއްޒު އެއްބަސްވުމުގެ މުގާބިލުގައި, ޕީއެންސީގެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީއަށް 50 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް އެއްބަސް ވެފައެވެ.
މިއަދުގެ ޖަލްސާގައި, ވަޒީރުންނަށް ރުހުން ދިނުމާއި ދެކޮޅަށް ގާސިމް ވާހަކަ ދައްކަވަން ފެއްޓެވުމާއެކު, މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ, ވާހަކަ ދައްކަވަން ފައްޓަވާފައެވެ. އެއާއެކު ގާސިމް ވިދާޅުވީ އަލީ އާޒިމްގެ ވާހަކަޔާހެދި އޭނާއަށް ވާހަކަ ދައްކަވަން އުދަގޫވާކަމަށާއި, އާޒިމްގެ ވާހަކަ ހުއްޓުވާ ދިނުމަށެވެ. އަދި ގާސިމްވަނީ އާޒިމްއަށް އިންޒާރުވެސް ދީފައެވެ.
އޭ އަލީ އާޒިމް މަޑުން އިންނަވާ! އުނހު މަޑުން އިންނަވާ އިނގޭތޯ! ރައީސް ހުއްޓުވާ ދެއްވާ އޭނަ.. އެހެން ހަމަ ހިތަށް އެރިހާ ގޮތަކަށް މިތާ ތަޅުވާ ފޮޅުވައެއް ނުގަނެވޭނެ.. މީ (އަލީ އާޒިމްއަކީ) ބޮޑު އުދަނގުލަކަށް ވެފަ ހުރީ މި މަޖިލީހަށް. މީނަ ވަރުގެ މީހަކު ނެތިގެން މިއުޅެނީ ކީއްވެގެންތަ? ތިތެޅި ބާލަނީ! ކަލޭ ހީކުރަނީ ކަލޭމެންނަށް އެކަނިކަމަށްތަ ވާހަކަ ދައްކަން އެނގެނީ? އޭ ހަނދާން ނައްތާލާ!
ކޯފާ އިސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ކޯފާ އިސްކުރެއްވީ މި ސަރުކާރުގެ ބައެއް ވަޒީރުނަށް ރުހުން ނުދޭން އިދިކޮޅު ޕާޓީތަކުން ނިންމުމާއި ގުޅިގެންނެވެ.
ގާސިމްއަކީ އަންނަ ކޮންމެ ސަރުކާރަކަށް ސަނާ ކިޔައިގެން, އޭނާގެ ޕާޓީއަކީ އޭނާ ވިޔަފާރި ކުންފުންޏެއްގޮތަށް ހިންގާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި އޭނާއަކީ އަބަދުވެސް ރިޝްވަތު ދީގެން ކަންކަން ހާސިލް ކުރަމުންދާ ފަރާތެއްކަކަންވެސް ފާހަގަ ކޮށްލެވެއެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަހުޖަނު ގާސިމް ރަތަށް! ގާސިމް ވަނީ މުއިއްޒުއަށް ރިޝްވަތު ދީގެން, މާމިގިލީ ދާއިރާގެ ޕީއެންސީގެ ޓިކެޓް ކަށަވަރު ކޮށްފަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ