ފުށިދިއްގަރުފަޅަށް ދިޔަ ގޮތަށް އެހެން މަޝްރޫއުތައް ހިނގާ ގޮތް ބަލަން ވެސް ދާނަން: އެމްޑީޕީ ޕީޖީ

މިދިޔަ އާދިއްތަ ދުވަހު ފުށިދިއްގަރުފަޅު ހިއްކާ މަޝްރޫއު ކުރިއަށްދާގޮތް ބެލުމަށް ދިޔަ ގޮތަށް، ކުރިއަށް އޮތް ތަނުގައި އެހެނިހެން މަޝްރޫއުތައް ހިނގާ ގޮތް ބަލަން ވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ސައިޓްތަކަށް ދާނެ ކަމަށް މިއަދު ބުނެފިއެވެ. މި ސަރުކާރުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް ފަށައިފައިވާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބެލުމަށް މިދިޔަ އާދިއްތަ ދުވަހު އެމްޑީޕީ ޕީޖީން ވަނީ އެ ސަރަހައްދަށް ގޮސް މަސައްކަތްތައް ބަލައިފައެވެ. އެ މަސައްކަތުގެ ދުވެއްޔަށް ބަލާއިރު، ވެރިކަމުގެ ދެ ދައުރުގެ ތެރޭ ވެސް މަޝްރޫއު ނުނިމޭނެ ކަމަށް، އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވިއެެވެ. https://sun.mv/210059 މިއަދު އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާ ގުޅިގެން ހުރިހާ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން އެ ވަގުތަށް ޕްރޮޖެކްޓުތައް އިއުލާނުކުރައްވައި އެ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި ނަމަވެސް، އެ ރަށުން ފައިބާވަޑައިގަންނަވާއިރު ޕްރޮޖެކްޓުތައް ހުންނަނީ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި ކަމަށެވެ. އެފަދައިން މިއަދު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މެދު ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ވިދާޅުވިއެވެ. ކުރިން ހުރި އުސޫލުތައް ވެސް ބަދަލުކުރައްވައި، ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލައި މި ސަރުކާރުން ކަން ކުރަމުން ގެންދާއިރު މި ސަރުކާރުން ބަލަނީ ކިރިޔާވެސް ފުލެޓެއް ނުވަތަ ގޯއްޗެއް ނުދީވާނެ ގޮތެއް އޮތްތޯ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ކިބައިން ހެވެއް، މޮޅެއް ލިބޭނެ ކަމަށް އުންމީދުނުކުރައްވާށޭ މިއަދު. ނުވާނެއޭ 100 ޕަސެންޓު ޔަގީންކަމާއެކު އަޅުގަނޑަށް ދަންނަވަން ކެރޭނެ. އެއަށްވުރެ މާ ނުބައި ނުލަފާ ހުދުމުޚުތާރު ވެރިއެއް މިއަދު މިހުރީ. ދޮގު ހަދާ ވެރިއެއް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މައުރޫފް ވިދާޅުވީ، ރައްޔިތުންނަށްޓަކައި އެމްޑީޕީން އަބަދުވެސް ސަރުކާރު ޖަވާބުދާރީކުރުވައި، މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތް އެ ތަންތަނަށް ވަޑައިގެން ބައްލަވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ވެސް ފުށިދިއްގަރުފަޅަށް ދިޔަފަދައިން އެހެން މަޝްރޫއުތައް ހިނގާ ގޮތް ބަލަން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ޕީޖީގެ ކޮންމެ މެންބަރެއް ވެސް ވިދާޅުވި ގޮތުގައި ގައުމުގެ ކަންކަން ގޯހުން ގޯހަށް ދާ ދިޔުން ބަދަލުކުރެވެން އޮތީ މި ވެރިކަން ބަދަލުކޮށްގެންނެވެ. އެކަން ކުރުމަށް އެމްޑީޕީއާއެކު މަސައްކަތްކޮށްދިނުމަށް އެ މެންބަރުން ވަނީ ރައްޔިތުންނަށް ގޮވާލައްވައިފައެވެ. ދިވެހި ރައްޔިތުން ނިކުމެ މި ގައުމު ސަލާމަތް ނުކޮށްފިނަމަ ޑިކްޓޭޓާޝިޕަކަށް މި ގައުމު ބަދަލުވެ، ހުދުމުޚްތާރު ވެރިކަމެއް މި ގައުމުގައި ހިންގަމުންދާ މަންޒަރު ފެންނާނީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މި ސަރުކާރުން މަޝްރޫއުތައް ނުހިންގާ ކަމުގެ ކަންބޮޑުވުން ބޮޑެވެ. އިދިކޮޅު އެމްޑީޕީން އަބަދުވެސް ދައްކާ އެއް ވާހަކައަކީ އެކަމުގައި ރައްޔިތުންގެ ޝަކުވާ ބޮޑުކަމުގެ ވާހަކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ