ދުނިޔޭގެ ޖޫނިއާ ފެތުމުގެ މުބާރާތުގައި ދިވެހި 16 ފެތުންތެރިން

ރޫމޭނިއާގެ އޮޓޮޕެނީގައި މިއަދު ފެށި ދުނިޔޭގެ އެކުއެޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ 16 ފެތުންތެރިން ވާދަކުރާނެއެވެ. މި މަހުގެ 19-24 އަށް އޮޓޮޕެނީގެ އެކުއެޓިކްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 16 ފެތުންތެރިންގެ ތެރޭގައި އެކި އިވެންޓުތަކުގައި ވާދަކުރާ ފެތުންތެރިން ހިމެނެއެވެ. މީގެ ތެރޭގައި ރާއްޖޭގައި މި ވަގުތު ތިިބި އެންމެ އުންމީދީ ފެތުންތެރިން ހިމެނެއެވެ. މުބާރާތުގައި ވާދަކުރާ އެތުލީޓުންގެ ތެރެއިން 14 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރައިން 50 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކުރަމޯ ނާޒިމް އިޒްޔާނެވެ. މީގެ އިތުރުން، 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރާ ދާނިޔާލް އަމީން ފައިޞަލް ވާދަކުރާއިރު، 200 މީޓަރު ފްރީސްޓައިލް އިވެންޓުގައި އިބްރާހިމް މަޢާޛު ސާޖިދާއި ޝައިމް ޙުސައިން އިބްރާހިމް ވާދަކުރާނެއެވެ. އަދި، 400 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރަނީ ޔާސީން މުޙައްމަދު ޔޫސުފް އަދި އައިމަން މޫސާ ރަޝީދެވެ. ބެކްސްޓްރޯކް އިވެންޓުގައި ރާއްޖޭން ވާދަކުރާނީ އިބްރާހިމް މަޢާޛު ސާޖިދާއި ޒުކައިން އަބުދުﷲ ޙަނީފެވެ. ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކުރަނީ އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން އަދި އިފްޒާލް އިބްރާހިމް މަޙްފޫޒެވެ. ބަޓަފްލައި އިވެންޓުގައި ވާދަކުރަނީ ދާނިޔަލް އަމީން ފައިޞަލް އަދި އިފްޒާލް އިބްރާހިމް މަޙްފޫޒެވެ. މެޑްލޭ އިވެންޓްގައި ވާދަކުރާނީ އައިމަން މޫސާ ރަޝީދާއި ޝައިމް ޙުސައިން އިބްރާހިމް އަދި މަކީން އަޙްމަދު ޝަކީބެވެ. ރާއްޖޭގެ އަންހެން އެތުލީޓުންގެ ތެރެއިން ފްރީސްޓައިލް އިވެންޓުގައި ވާދަކުރާނީ ދާލިޔާ ޢާއިދާ ލަޠީފް، އާމިނަތު ތަޒްކިޔާ މިރުޝާދު، އައިޝަތު ޢަލީނާ ޝާހިދު، އަޔާނާ ޢަރީފް، ލައިބާ ޙަސަން މަނިކެވެ. ބެކްސްޓްރޯކް އިވެންޓުގައި އަޔާނާ ޢަރީފް، އާމިނަތު ތަޒްކިޔާ މިރުޝާދު، މަލާއިކާ ލިންޑާ ޢިމްރާން އަދި ސާރާ މުޙައްމަދު ވާދަކުރާއިރު ބްރެސްޓް ސްޓްރޯކް އިވެންޓުގައި ވާދަކުރަނީ ސާރާ މުޙައްމަދާއި، ދާލިޔާ ޢާއިދާ ލަޠީފެވެ. މީގެ އިތުރުން، ބަޓަފްލައި އިވެންޓުގައި ވާދަކުރާނީ މިރާލް ޢައިން ލަޠީފް، އައިޝަތު ޢަލީނާ ޝާހިދެވެ. މެޑްލޭ އިވެންޓުގައި ވާދަކުރާނީ މިރާލް ޢައިލް ލަޠީފު، ޢާއިޝަތު ޢަލީނާ ޝާހިދު އަދި ލައިބާ ޙަސަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ