ޖުމްލަ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަށް، ސްޕޯޓްސް މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ހ. މީރުމާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ:
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން:
ޖުމްލަ 71 ރަށެއްގައި ޖިމް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެ
އޭގެ ތެރޭގައި، ބައެއް ރަށްތަކަށް އައުޓްޑޯ ޖިމް ސަޕްލައިކޮށް، އިންސްޓޯލްކުރުމުގެ މަސައްކަތް
މަރާމާތުކުރަން ޖެހޭ އައުޓްޑޯ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ގުޅުން ހުރި - ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ވެސް ރޭ ވަނީ ހަވާލުކޮށްފަ އެވެ.
71 ރަށެއްގައި ޖިމް ހަދަން އެޗްޑީސީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ