އއ. މާފަރުފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ ފެރިދޫ ރައްޔިތުންްނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މާފަރުފަޅު, ފެރިދޫ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެ ރަށުގެ ރައްޔިތުންގެ އެދުމެވެ.
ރައީސް ވަނީ ރައްޔިތުން އެދޭގޮތަށް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް ލިޔެކިޔުމުން އެކަން ނިންމަވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މާފަރުފަޅު, ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަސް ފަހު އެރަށް ތަރައްގީ ކުރާނީ އެ ރަށުގެ ރައްޔިތުން ދަަތުރުދާނެ ރަށެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން ރައީސް ވަނީ އެ ރަށުގައި މިއަދު މުހިންމު މަޝްރޫއުތަކެއް ފެށިގެން ގޮސްފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
* އއ އަތޮޅު މަދަރުސާގެ ހަތަރު ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުން
* ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ގާއިމުކުރުން
* ދޯނި އެހެލާ ސަރަހައްދާއި ޕިކްނިކް އައިލެންޑް ތަރައްގީ ކުުރުން
މި މަޝްރޫއުތަކުގެ އިތުރުން މިއަދު އެ ރަށުގައި ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް ރަސްމީކޮށް އިފްތިތާހު ކޮށްފަ އެވެ.
މާފަރުފަޅު, އއ. ފެރިދޫއަށް ދޭން ރައީސް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ