ބޮލުގައި ގަމީސް އަޅައިގެން ވަދެ، ހުޅުމާލޭ ފިހާރައެއް ފަޅާލައިފި
ހުޅުމާލޭ ފޭސް 1 ގައި ހުންނަ، ފިހާރައެއް ފަޅާލައި ފައިސާތަކަކާއި، ފޯނެއް ވަގަށް ނަގައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މީހަކު ހުޅުމާލެގައި ހުންނަ " އައިލެންޑް ޗޮއިސް" ނަމަކަށް ކިޔާ، ފިހާރައިގެ ދަޅުހަލާކޮށްލައިގެން ވަންނަތަނެވެ. އެމީހާ ހުރީ، ލައިގެންހުރި ގަމީހުން ބޯނިވާކޮށްފައެވެ. ދެން ފެންނަނީ ފިހާރައިގެ ކައުންޓަރު ކައިރިއަށް އައިސް ވަތްގަނޑު ހުޅުވައި އޭގެން ފައިސާނަގާ، އަދި ކައުންޓަރު މަތީގައި އޮތް ފޯނެއްވެސް ނަގާ ޖީބަށް ލާތަނެވެ. މި މައްސަލައިގައި ފުލުހުން "ސަން" އޮންލައިން އަށް، ބުނީ ހުޅުމާލެ ފޭސް 1ގެ ޗަބޭލީ މަގުގައި ހުންނަ ފިހާރައެއްގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފައިވާ މައްސަލައެއް، މިއަދު ހެނދުނު 8:40 ހާއިރު ފުލުހަށް ހުށަހަޅާފައިވާކަމަށެވެ. އަދި ފިހާރައިގެ ވަތްގަނޑުން 1800ރ އާއި ފޯނެއް ވަގަށް ނަގާފައިވާކަމަށެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ފުލުހުންގެ އިދާރާއިން މައްސަލަ ތަހްްގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ