ފަތުރުވެރިކަން އެންމެބޮޑަށް ފުޅާވެފައިއޮތް އެއް ސަރަހައްދު ކަމަށްވާ އއ.މަތިވެރީ ފަޅުގައި އެއާޕޯޓެއް އަޅައި އެތަން ހިންގުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުން މަތިވެރީގައި ކުރިއަށްގެންދިޔައިރު، މިރޭ ވެވުނު އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ ޙުސައިން ޢިމްރާންއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް އެވެ.
މި އެއްބަސވްުމުގެ ދަށުން މަތިވެރީފަޅުން ބައެއް ހިއްކައި އެއާޕޯޓް އަޅައި އެތަން ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އެމްއޭސީއެލުންނެވެ. މި މަޝްރޫޢޫ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކްރޮސް ސަބްސިޑީގެ އުސޫލުންނެވެ.
މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައި ހިންގަން އެމްއޭސީއެލާ ހަވާލުކުރުން... ފޮޓޯ: ރައީސް އޮފީސް
މަތިވެރީ ފަޅުގައި އެޅުމަށް ނިންމާފައިވަނީ 1500 މީޓަރ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ.
މިކަމާ ގުޅޭގޮތުން މަތިވެރި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މަތިވެރީގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓަކީ އިގްތިސާދީގޮތުން ދެކޮޅު ޖެހޭނޭ އެއާޕޯޓެއްކަމަށެވެ. މި އެއާޕޯޓްގެ ސަބަބުން އިގްތިސާދީގޮތުން އެ ސަރަހައްދަށް ކުރިއެރުންތައް ލިބޭނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މަތިވެރީ ފަޅުގައި އެއާޕޯތް އެޅުމަށް 26.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުއަށް ހަރަދުކުރާނީ އެމްއޭސީއެލުންނެވެ. ރައީސް ވިދާޅުވީ އުއްމީދަކީ 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިންމާލުންކަމަށެވެ.
އއ.މަތިވެރީ ފަޅުގައި އެއާޕޯޓް އަޅައި ހިންގަން އެމްއޭސީއެލާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ