ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ސަހުސިއްޔަތެއް ކަނޑައަޅަނީ ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ސަހުސިއްޔަތެއް ކަނޑައަޅަނީ

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ފަރާތުން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ސަހުސިއްޔަތެއް ކަނޑައެޅުމުގެ މަސައްކަތް ފަށަން ނިންމައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަކުރަން ބާއްވާ މުބާރާތް އަންނަ އަހަރު ޖޫން އަށް ތާވަލުކޮށްފައި އޮތްއިރު، ކްލަބްތަކުން ނަން ފޮނުވައިގެން، ޑައިމަންޑް ޖޫބިލީ ކޮމިޓީއެއް ފާސްކޮށްފައިވަނީ ގިނަ މަސައްކަތްތަކެއް ކުރާ ގޮތަށެވެ.
އެޑްހޮކް ކޮމިޓީއެއްގެ ގޮތުގައި އެކުލަވާލި، ޑައިމަންޑް ޖޫބިލީ ކޮމިޓީގެ ޗެއާމަން، ސުޒޭން އަކީ، އަށްޑިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ފުޓްބޯޅައިގެ އެކިއެކި މަސައްކަތްތަކުގައި އުޅުއްވަމުން އަންނަ ފަރާތެކެވެ. އެ ކޮމިޓީގައި ދެން ވައިސް ޗެއާމަަނަކަށް، ނިއު ރޭޑިއަންޓްގެ ޗެއާމަން، އަހުމަދު މުބީން ހަމަޖައްސާފައިވާއިރު، ދެން، މެމްބަރުން ގޮތުގައި ތިބީ، ކްލަބް ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންގެ އިތުރުން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު އެވެ.
ޑައިމަންޑް ޖޫބިލީ ކޮމިޓީގެ ޗެއާމަން ސުޒޭން ވާހަަކަ ދައްކަވަނީ.
އެ ކޮމިޓީން މިރޭ ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާނުކޮށްފައިވަނީ ރާއްޖޭގެ ކޮންމެ ރަށެއްގެ ތާރީހުގައި ވެސް އެ ރަށަކުން ގައުމީ ލެވަލާ ހަމައަށް އައި ފުޓްބޯޅައިގެ ޝަހުސިއްޔަތު ކަނޑައެޅުމަށެވެ. އުސޫލުތަކެއް ކަނޑައަޅައިގެން، ފުޓްބޯޅަ ސަހުސިއްޔަތު ކަނޑައެޅުމުގެ އެ ފުރުސަތު ދޭން ނިންމީ އެ ރަށެއްގެ ކައުންސިލާއި ކްލަބް ޖަމިއްޔާތަކުން ގުޅިގެންނެވެ.
ކޮމިޓީގެ ޗެއާމަން، ރާއްޖޭގައި، އުފެދުނު އެންމެ މޮޅު އެއް ކޯޗު، ސުޒޭން ބުނީ އެކި ރަށްރަށުގައި ފުޓްބޯޅަ ޝަހުސިއްޔަތު ހޮވުމުގައި ކުޅުންތެރިޔަކަށް ނުވަތަ ރެފްރީއަކަށް އަދި ފުޓްބޯޅަ ނޫސްވެރިއަކަށް ވެސް ވެވިދާނެ ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަފާނަން ކުޑަކުޑަ މިސާލެއް ވެސް. ރަށެއްގައި ވަރަށް މޮޅު ކުޅުންތެރިޔެއް ހުރީ. ވަރަށް މޮޅު ނޫސްވެރިޔެއް ހުރީ. ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިޔެއް ހުރެދާނެ. އެއީ މިކަން ވާނެ (ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު) ހޯދުމުގައި ވާދަވެރިވާނެ ކަމަކަށް ވެސް،" އަލިމަސް ޔޫބީލް ފާހަގަކުރަން 75 ކަމެއް ކުރާނެކަން ވެސް ފާހަގަކުރި ސުޒޭން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަ ދައްކަވަމުން، މުބީން ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ފަށައިގެން މި ވޭތުވެދިޔަ، 75 އަހަރުތެރޭ ފުޓްބޯޅައިގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރަށްރަށް ވެސް ފާހަގަ ކުރުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، މުބީން ވަނީ، ރަށްރަށުގެ ފުޓްބޯޅަ ޝަހުސިއްޔަތުން ހޮވުމުގައި، ކްރައިޓީރިއާތައް ކަނޑައަޅާއިރު، އާންމުންގެ ވޯޓު ވެސް ހިމެނޭ ގޮތަށް ކަންކަން ހަމަޖެހިގެންދިއުމުގެ ވިސްނުން ވެސް އެބަހުރި ކަމަށް ވިދާޅުވެފަ އެެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ