ދިރާގުޕޭގެ އާ ޕްލެޓްފޯމަށް ރަޖިސްޓްރީކޮށްގެން އައިފޯން 16އެއް

ދިރާގުޕޭގެ އާ ޕްލެޓްފޯމް ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން އައިފޯން 16އެއް ހޯދުމުގެ ފުރުސަތު ދިރާގު ފިންޓެކުން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ދިރާގުޕޭގެ އާ ޕްލެޓްފޯމަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ހާއްސަ މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހު 30ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް މި އަގުހުރި އިނާމު ލިބޭނެ އެވެ.
ތަފްސީލް - ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި:
ބިލް ސްޕްލިޓިން 
ސަބް ވޮލެޓް 
ޕިއާ-ޓު-ޕިއާ ޓްރާންސްފާ 
ފަވަރަ ޓްރާންސްފާ 
ބިލަށް ފައިސާދެއްކުން
ފާހަަގަކޮށްލެވޭ - ދިރާގު ފިންޓެކަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގުގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ