މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކާ ގުޅިގެން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ކަމާ ބެހޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފުލުހުންނާއި ޕީޖީގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރަން އެދުނީ އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތަކަށް ގަނޫނީ ގޮތުން ދައުވާ ކުރުމުގައި ޕީޖީއަށް ދިމާވާ ގޮންޖެހުމަކީ ކޮބައިތޯ ބެލުމަށެވެ.
"މކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ކަމާއި ބެހޭ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މިކަމާއި ގުޅުން ހުރި ކޮމިޓީތަކަށް ހާޒިރުކޮށްދެއްވައި، މިކަމުގައި ހޯދެން އޮތީ ކޮން ހައްލެއްތޯ ބައްލަވައިދެއްވުން އެދި ދެންނެވިން،" އޭނާ ވިދާޅުވި އެވެ.
ކުޑޫ އިތުރަށް ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އިތުރުން ނެތިގޮސް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ތަހައްމަލު ކުރަން ޖެހިފައިވާ މީހުންގެ އަދަދު ދަނީ ގިނަވަމުން ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި ދުވަހުން ދުވަހަށް ގިނަވަމުންދާ އެކްސިޑެންޓުތަކުގައި އިހުމާލުވާ މީހުންނާ މެދު ގާނޫނީގޮތުން ދައުވާ ނުކުރެވި، އެފަދަ މީހުން މުޖުތަމައުއަށް ދޫވެ، އަނެއްކާ ވެސް ހަމަ އެފަދަ މައްސަލަތަކުގައި ހައްޔަރުކުރަމުންދާ ކަމަށް ކުޑޫ ވިދާޅުވި އެވެ.
ފުލުހުން އިއްޔެ ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖެނުއަރީ 1، އިން ޖޫން 30، އާއި ހަމައަށް މާލެ ސަރަހައްދުގައި 1،101 އެކްސިޑެންޓު ހިނގި އެވެ.
އެ އެކްސިޑެންޓުތަކުގައި 1،107 އުޅަނދަކަށް ގެއްލުންވެ 121 މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެތެރެއިން 61 އިންސައްތަ މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު މަރުވި މީހުންގެ އަދަދެއް ފުލުހުން ނުބުނެ އެވެ.
އެކްސިޑެންޓުތަކާއި ގުޅިގެން ފުލުހުންނާއި ޕީޖީ މަޖިލީހަށް ހާޒިރުކޮށްދޭން ކުޑޫ އެދިއްޖެ އެކްސިޑެންޓުތަކާއި ގުޅިގެން ފުލުހުންނާއި ޕީޖީ މަޖިލީހަށް ހާޒިރުކޮށްދޭން ކުޑޫ އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ