ކުންފުނިތަކުގެ އެމްޑީކަން ޕާޓީތަކުގެ ކޭކަކަށްވާންޖެހޭ ސަބަބެއް ނުވިސްނުން: ޑރ. ޝަހީދު

ކުންފުނިތަކުގެ އެމްޑީކަަމަކީ ސިޔާސީ ޕާޓީތަކުގެ ކޭކަކަށް ވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. ޝަހިީދުގެ ޓުވީޓުގައި ވަނީ އެމްޑީިންގެ ދައުރަކީ އަނެއްކާ ސިޔާސީ ރޯލެއްތޯ ވެސް ސުވާލު އުފައްދަވާފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގައި މިހާތަނަށް ވަނީ 14 ކުންފުންޏެއްގެ އެމްޑީން ހަމަޖައްސާފައެވެ. ކުންފުނި ތަކުގެ އެމްޑީންނަށް ހޮވާފައިވަނީ ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުންނެވެ.
ޑޜ. ޝަހީދު މިފަދަ ޓުވީޓެއް ކުރެއްވި އިރު ސަރުކާރު ކޯލިޝަނަށް ގެންދަވަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީންގެ ގޮތުގައި އަބަދުވެސް ތިއްބަވަނީ ސިޔާސީ ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ