ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅުގެ ސަބަބުން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަޑައިގެންފި އެވެ.
ކަރެކްޝަންސް އަށް ވަޑައިގެން އޮފިސަރުންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަސްރީނާ ވިދާޅުވީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ކަރެކްޝަންސްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މައުލޫމާތު ސާފުކުރެއްވި ކަަމަށެވެ.
ނަމަވެސް ރައީސް މައުމޫން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ސީދާ ވަކި ޖަވާބެއް ކަރެކްޝަންސްގެ އޮފިސަރުން ނުދެއްވާ ނަސްރީނާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ނަސްރީނާގެ އިތުރުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އާއި ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިންނަވާ މުހައްމަދު ފައިސަލް އެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކުރުމަށް މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށް އިއްޔެ ވަނިީ އަޑުފެތުރިފަ އެވެ. އެހެންނަމަވެސް އެކަން ރަސްމީކޮށް ރައީސް މައުމޫންގެ ގާނޫނީ ޓީމަށް އަންގާފައި ނުވާ ކަމަށް ރައީސް މައުމޫންގެ ގާނޫނީ ޓީމުން މައުލޫމާތު ދެއެވެ.
ރައީސް މައުމޫން ގެއަށް ބަދަލުކޮށްދެއްވުމަށް އެދި ނަސްރީނާ ކަރެކްޝަންސް އަށް ވަޑައިގެންފ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ