"އަޅުގަނޑު ވެސް ގަބޫލުކުރަން މީހުންގެ އަބުރު ކަތިލައިގެން ނުވާނެ ކަމަށް. އެކަމަކު ދެން އެގޮތަށް އެ ގާނޫނު އަނެއްކާ ގެނެސްގެން މީހުންގެ ވިސްނުން ތަޅުލައިގެން އަބުރު ރައްކާތެރި ކުރުން އެއީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ގާނޫނެއް ހެދީ ރާއްޖޭގެ މިނިވަން މީޑިއާއަށް އަމާޒުކޮށްގެންނެވެ. އަދި އެ ގާނޫނުގައި ހުރި ބޮޑެތި ޖޫރިމަނާތަކާ ހެދި ނޫސްވެރިކަމަށް ވަރަށް ބޮޑު ހުރަހެއް އެޅުނެވެ. އެތައް މިލިއަން ރުފިޔާއަކުން ރާއްޖެ ޓީވީ ޖޫރިމަނާކޮށް، ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ހޯދަން ޖެހޭ ވަރަށް، ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޗެނެލްއާ ދެކޮޅަށް ފިޔަވަޅުތައް އެޅި އެވެ.
އަބުރުގެ ގާނޫނު އަލުން ގެންނާނެކަމުގެ އިންޒާރު ގާސިމް ދެއްވުމުން މީޑިއާތައް ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ