މަޑުއްވަރީ ދާއިރާގެ ޓިކެޓު ދޭނެ ފަރާތެއް ކަނޑައެޅުމަށް ޕީ.ޕީ.އެމުން ޕްރައިމަރީއަކަށް؟!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބުގައި ޕީ.ޕީ.އެމްގެ ފަރާތުން
މަޑުއްވަރީ ދާއިރާއަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއެއް
ބާއްވާނެކަމަށް ބެލެވިއްޖެއެވެ.
 
މިރޭ ޕީ.ޕީ.އެމުން 18 ފަރާތަކަށް ޕްރައިމަރީއަކާއިނުލާ ޓިކެޓު
ހަވާލުކޮށްފައިވާއިރު މި ހަފްތާގެ ކުރީކޮޅު މި ވަގުތު މަޖިލީހުގައި ތިއްބެވި
ޕީ.ޕީ.އެމްގެ މެމްބަރުންނަށްވެސް ޕްރައިމަރީއަކާއި ނުލާ ޓިކެޓު
ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
 
އެރޭ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ޕީ.ޕީ.އެމްގެ ރައީސް އަދި
ކުރީގެ ރައީސް ޔާމިންވަނީ ޕްރައިމަރީއަކާ ނުލައި ދެން ޓިކެޓު ހަވާލުކުރާނެ
ފަރާތްތަކަށް މި ހަފްތާ ނިމުމުގެ ކުރިން ޓިކެޓު ހަވާލުކުރުމުގެ ކަންތައް ކުރިއަށް
ގެންދާނެކަމަށް ވިދާޅުވެފައެވެ.
 
އެހެންނަމަވެސް މިރޭ ޕީ.ޕީ.އެމުން 18 ފަރާތަކަށް ޕްރައިމަރީއަކާއި ނުލާ
ޓިކެޓު ހަވާލުކުރި އިރު މަޑުއްވަރީ ދާއިރާގެ ޓިކެޓު އެއްވެސް ފަރާތަކަށް
ދީފައެއްނުވެއެވެ.
 
ފޮޓޯ:
ސަން.އެމްވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ